ENGLISH

09 މޭ 2026

Advertisement

ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން އަރައިގަންނަނީ ރައްޔިތުންގެ ހައްގަށް: ނިހާދު

09 މޭ 2026

|

އައިމިނަތު ޝަފާ

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ނިހާދު ބައިވެެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އެމްއެމްޓީވީ

މި ސަރުކާރަށް ޖެއްސުން ކުރުމުގެ މަގުސަދުގައި މަގުމަތި ހަލަބޮލިކޮށްގެން އިދިކޮޅު އެމްޑީޕީން އަރައިގަންނަނީ ރައްޔިތުންގެ ހައްގަށް ކަމަށް އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ. 

"އެމްއެމްޓީވީ"ގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނިހާދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ބައްޓަންވެފައި އޮންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަށް ނޫންކަމަށެވެ. އެ އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް ވިއްކުމަކީ ވެސް މިހާރު އެ ޕާޓީން ކުރާ ކަމެއް ނޫންކަމަށް ވިދާާޅުވި އެވެ. 

ނިހާދު ވިދާޅުވީ އެމްޑީޕީން އުޅެނީ ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބަށް ތައްޔާރުވުމަށް ކަމަށެވެ. 

"މިއަދު ފެށިފައި އޮތް ހަރަކާތަކީ ވެސް އެއީ. ކުރެވޭ މަސައްކަތްތަކަކީ ވެސް އެއީ. ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން ނިކުމެ މި އަރައިގަންނަނީ ރައްޔިތުންގެ ހައްގަށް. އެހެންމި ދަންނަވަނީ އަޅުގަނޑުގެ ހައްގެއް ހޯދުމަށްކަމަށް ބުނެ ގޮސް އެހެންމީހެއްގެ ހައްގަކަށް އަރައެއް ނުގަނެވޭނެ. ދިވެހިރާއްޖޭގައި މި ނޫން ސަރުކާރެއްގައި މިހާ ބޮޑުކޮށް މިނިވަންކަން ދީފައި އޮތް ސަރުކާރެއް ނެތް،". ނިހާދު ވިދާޅުވި އެވެ. 

މިހާރު އެމްޑީޕީން ކުރަމުން އަންނަ މުޒާހަރާތަކުގެ މަގުސަދަކީ މާލެ ހުއްޓުވާލުން ކަމަށާއި މާލެ ހުއްޓުވާލުމުން އެ އަރައިގެނެވެނީ އެތައް ބައެއްގެ ހައްގަށް ކަމަށް ވިދާޅުވި އެވެ. 

"މާލެ ހުއްޓުވާލީމަ ކިޔަވާކުދިންގެ ހައްގަށް އަރައިގަނެވުނީ. ދަތުރުފަތުރު ކުރާ މީހުންގެ ހައްގަށް، ވިޔަފާރިކުރާ މީހުންގެ ހައްގަށް އަރައިގަނެވުނީ. މިހެންގޮސް އެތައް ބައެެއްގެ ހައްގަށް އަރައިގަންނަން އުޅެނީ،". އިތުރަށް ތަފްސީލުކޮށްދެއްވަމުން ނިހާދު ވިދާޅުވި އެވެ. 

ނިހާދު ވިދާޅުވީ އެމްޑީޕީއަކީ "މުސްކުޅި" ޕާޓީއެއްކަމަށާއި މި ދުވަސްވަރަކީ އެމްޑީޕީގެ ހަރަކާތްތައް ވަރަށް "ވަނދު"ވެފައިވާ ދުވަސްވަރެއް ކަމަށެވެ. ވުމާއެކު އެއްވެ އުޅުމުގެ މިނިވަންކަން މި ސަރުކާރުން ތަންމިނަށް ހުޅުވާލަދީފައިވާއިރު ވެސް އެމްޑީޕީން އެ ހައްގުގެ ބޭނުން ކުރަނީ ޕާޓީގެ މެމްބަރުން، ހާއްސަކޮށް ޒުވާނުންގެ ފޯރި ގެނައުމަށް ކަމަށް ނިހާދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު