ENGLISH

08 މޭ 2026

Advertisement

ދެކުނަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

08 މޭ 2026

|

އައިމިނަތު ޝަފާ

ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފައި. ފޮޓޯ: ޖަވިޔަނި

މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނަށް ނެރުނު ހުދު ސަމާލު ދަންމާލައިފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށެވެ. އެ މި ސަރަހައްދުތަކަށް އެންމެ ފުރަތަމަ ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:00 އިން މިރޭ 19:00 އާއި ހަމައަށެވެ.

އޭގެ ފަހުން މިރޭ ދަންވަރު 01:00 އާއި ހަމައަށް ސަމާލު ދަންމާލާފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ސަމާލުގައި ބުނެފައިވަނީ މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރެވޭގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދެކުނުގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ މީހުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު