ENGLISH

08 މޭ 2026

Advertisement

ހަންޓާ ވައިރަސް؛ ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް

08 މޭ 2026

|

އަޙުމަދު ޙަމީދު

އެޗްޕީއޭގެ އޮފިޝަލުން

ހަންޓާ ވައިރަސް ބަލީގެ ރިސްކް ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް އެ އެޖެންސީން ދަނީ މިކަން މޮނިޓަރކުރަމުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ އެޖެންސީން ބުނީ މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައެއް ނުވާ ކަމަށެވެ.

އަދި ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށްކަން ފާހަގަކޮށް އެ އެޖެންސީން ބުނީ މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.

ހަންޓާ ވައިރަހަށް ފަސް މީހުން ޕޮޒިޓިވްވެފައިވާކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު