ENGLISH
08 މޭ 2026
"މޯލްޑިވްސް އޯޕަން 2026" ކާމިޔާބުކަމާއެކު ނިންމާލައިފި
08 މޭ 2026
|
މޯލްޑިވްސް އޯޕަން 2026ގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މޯލްޑިވްސް ގޮލްފް އެސޯސިއޭޝަން (އެމްޖީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވި "މޯލްޑިވްސް އޯޕަން 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ވިކްޓޯރިއާ ގޯލްފް ކްލަބުގައި މި މަހުގެ 6 އިން 7 އަށް ކުރިއަށްދިޔަ މި މުބާރާތަކީ މި ސިލްސިލާގެ ދެވަނަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 40 ކުޅުންތެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ 18 ކުޅުންތެރިން ހިމެނެއެވެ.
ލަންކާގެ ވިކްޓޯރިއާ ގޮލްފް ކްލަބުގައި ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.
މޯލްޑިވްސް އޯޕަން 2026ގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުރުން އެމްޖީއޭގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވަނީ، ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގައި ކުޅިވަރެއްގެ ގޮތުގައި ގޮލްފް ތަރައްޤީކުރުމަށް އެމްޖީއޭ އިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ.
އެގޮތުން، ވަޒީރުގެ ވާހަކަފުޅުގައި ވަނީ، އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި މުބާރާތުގައި ބައިވެރިވި ކުޅުންތެރިންގެ އަދަދު ދެގުނައަށް އިތުރުކޮށްފައިވާކަމީ، އެމްޖީއޭގެ ފަރާތުން އެ ކުޅިވަރަށް ދޭ އަހައްމިޔަތާއި ޝައުޤުވެރިކަން އޮތް މިންވަރުގެ ސަބަބުން ނަތީޖާ ހާސިލްވާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.
މޯލްޑިވްސް އޯޕަން 2026ގެ މުބާރާތުގެ ތެރެއިން. --ފޮޓޯ: ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ދިވެހި ސަރުކާރުގެ އަމާޒަކީ "ސްޕޯޓްސް ޓޫރިޒަމް" ކުރިއަރުވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ވަރުގަދަކުރުން ކަމަށާއި، އެގޮތުން ގޮލްފް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް ހިތްވަރުދީ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
"މޯލްޑިވްސް އޯޕަން 2026" ގެ ނަމުގައި ދެވަނަ މުބާރާތެއް ބޭއްވިގެން ދިއުމަކީ ދިވެހިރާއްޖޭގައި ކުޅިވަރެއްގެ ގޮތުގައި ގޮލްފް ކުރިއަރުވައި، ތަރައްޤީކުރުމަށް އެމްޖީއޭއިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.