ENGLISH
08 މޭ 2026
ސްޓޮކް ނެތުމުން ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަނީ
08 މޭ 2026
|
އިމިގްރޭޝަން ކައުންޓަރެއްގައި ހިދުމަތްދެނީ.
އެންމެ މަޤްބޫލު
ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓްކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރުމަށް ނިންމައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓްކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވެފައިވާކަމަށެވެ. ވުމާއެކު މާދަމައިން ފެށިގެން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް، ދިވެހި ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ހުރިހާ އެންމެންނަށް ދޫކުރެވޭނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައި.ކާ.އޯ) ގެ މިންގަނޑުތަކާ އެއްގޮތް، ފަސްއަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އަދި، "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ގެ ފީއަކީ 1,000 ރުފިޔާ ނަމަވެސް، "އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ގެ ފީއަކީ 600 ރުފިޔާ އެވެ.
އިމިގްރޭޝަނުން ބުނީ މިފަދަ ހާލަތްތަކުގައި މީގެކުރިން ޢަމަލުކުރާ ގޮތާ ހިލާފަށް، އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދަވާ މީހުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދަވަން ބޭނުންވާ ހާލަތްތަކުގައި "ކެންސަލޭޝަން ފީ" ނެގުމަކާ ނުލާ، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށެވެ.