ENGLISH
08 މޭ 2026
ކަނޑުއުޅަނދެއްގައި ތިބި ފަސް މީހަކު ހެންޓާވައިރަހަށް ޕޮޒިޓިވްވެއްޖެ: ޑަބްލިއުއެޗްއޯ
08 މޭ 2026
|
އެންމެ މަޤްބޫލު
ހެންޓާ ވައިރަހަށް 5 މީހުން ޕޮޒިޓިވްވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނެފިއެވެ.
ކަނޑުމަގުން ދަތުރުކުރަމުން ދިޔަ އުޅަނދެއްގައި ހެންޓާ ވައިރަސް ފެނުމާ ގުޅިގެން ދެއްވި ބަޔާނެއްގައި ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނީމް ގެބްރެޔޭސުސް ވިދާޅުވީ މިހާތަނަށް ހެންޓާ ވައިރަހުގެ 8 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ޖަމިއްޔާއިން މި ބަލި ފެތުރެމުންދާ މިންވަރު ވަރަށް ގާތުން މޮނިޓަރ ކުރަން ފަށާފައިވަކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މައުލޫމާތު ދިން ގޮތުގައި މިހާތަނަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ތެރެއިން ފަސް ކޭސްއެއް ލެބޯޓްރީން ކަށަވަރު ކުރެވިފައިވާއިރު، ބާކީ ތިނެއް އެއީ ސަސްޕެކްޓެޑް ކޭސްތަކެވެ. އަދި 3 މީހަކު ނިޔާވެފައިވާ ކަމަށްވެސް ވަނީ މައުލޫމާތުދީފައެވެ.
ޑަބްލިއު.އެޗް.އޯގެ އެދުމުގެ މަތިން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އެ އުޅަނދު ސްޕެއިންގެ ސަރަހައްދަށް ކައިރިކުރުމުގެ ހުއްދަ ދެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ. މިހާރު އެ އުޅަނދު ދަތުރުކުރަމުންދަނީ ކެނޭރީ އައިލެންޑްސްއަށެވެ. އެ ސަރަހައްދުގެ ސިއްހީ އިދާރާތަކުން ދަނީ އުޅަނދު ބަނދަރުކުރުމުން އަމަލުކުރާނެ ގޮތްތަކަށް ތައްޔާރުވަމުންނެވެ.
މި ބަލީގެ ނުރައްކާ ބައެއް ފަރާތްތަކަށް ބޮޑުވި ނަމަވެސް، އާންމު ސިއްޙަތަށް އޮތް ނުރައްކާ ކުޑަކަމަށް ޑަބްލިއު.އެޗް.އޯ އިން ވަނީ ކަނޑައަޅާފައެވެ.
އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، ބައިނަލްއަގުވާމީ ސިއްޙީ ގަވާއިދުތަކުގެ (އައި.އެޗް.އާރް)ގެ ދަށުން އެކި ގައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަގްވާމީ ބައިވެރިންނާ ގުޅިގެން، ބަލި ފެތުރުން ހުއްޓުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ހެންޓާ ވައިރަހަކީ އާންމުކޮށް މަދުން ނޫނީ ނުފެންނަ، ނަމަވެސް ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ވައިރަހެކެވެ. މައިގަނޑު ގޮތެއްގައި މީދަލުގެ ޒަރީއާއިން ފެތުރޭ މި ވައިރަހުގެ ސަބަބުން ބަލިޖެހޭ މީހުންގެ ހާލަތު މަދު ދުވަސްކޮޅެއްގެ ތެރޭގައި ގޯސްވާކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.