ENGLISH
08 މޭ 2026
ތެލަސީމިއާ ކުދިންގެ ފަރުވާއަކީ އެންމެންގެ އޯގާތެރިކަމާއި ހެޔޮބަސްތައް: ފަސްޓް ލޭޑީ
08 މޭ 2026
|
ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓާ ޕްލޭން 2024-2034 ވެލިޑޭޝަން މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފާސްޓް ލޭޑީ ވާހަކަދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އެންމެންގެ އޯގާތެރިކަމާއި ހެޔޮ ބަސްތަކަކީ ތެލަސީމިއާ ކުދިންގެ ފަރުވާގެ ދެބައިކުޅަ އެއްބައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ތެލެސީމީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ތެލެސީމިއާއަށް ފަރުވާ ހޯދާ ކޮންމެ ކުއްޖަކަށް މުޖްތަމަޢުގެ ކުލުނާއި ލޯތްބާއި އެހީތެރިކަމާއެކު، އަވަސް ޝިފާއެއް މާތްﷲ މިންވަރުކުރައްވުމަށް އެކަމަނާ ވަނީ ދުޢާ ކުރައްވާފަ އެވެ.
ތެލެސީމިއާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 8 ވަނަ ދުވަހެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ހިޑެން ނޯ މޯ: ފައިންޑިންގ ދަ އަންޑައިގްނޯސްޑް" މި ޝިޔާރެވެ. ސަޕޯޓިންގ ދަ އަންސީން، ނުވަތަ "އިތުރަށް ފޮރުވުމެއް ނެތި ބަލި ތަހައްމަލުކުރާ މީހުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން" އެވެ.
ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ފަހި ގޮތްތަކެއް ހަދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ބައުވެ ހިދުމަތްދިނުމަށް ދަތިވެފައިވާތީ މިދިޔަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ދިނުމަށް ޒަމާނީ ތެލެސީމިއާ ސެންޓަރެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖް ހިޔާގައި ވަނީ ގާއިމުކޮށްފަ އެވެ.
މީގެ އިތުރުން ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް 2،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ނިންމައި އިނާޔަތަށް އެދުމުގެ ފުރުސަތު ޖަނަވަރީ މަހު ވަނީ ހުޅުވާލައިފަ އެވެ.