ENGLISH

08 މޭ 2026

Advertisement

ހުޅުމާލެ ޗެނަލް ޕާކުގައި ދާ ޖެހުމުގެ މަސައްކަތް ފަށައިފި

08 މޭ 2026

|

އާމިނަތު ނުޒްލާ

ހުޅުމާލެ ޗެނަލް ޕާކުގައި ދާ ޖެހުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއް ގުޅުވައިދޭ ޗެނަލް ޕާކު މޫދުގައި ކުނި ދައުރުވާތީ އެކަން ހުއްޓުވުމަށް ދާ ޖަހަން ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އޮއިވަރާއެކު ޗެނަލް ޕާކަށް ކުނިތައް ޖަމާވަމުން އަންނަ ކަމަށެވެ.

ޗެނަލް ޕާކަކީ މާލެ ސަރަހައްދުގެ ގިނަ މީހުން ހިތްހަމަޖައްސާލުމަށް މޫދަށް އެރުމުގެ އިތުރުން އާއިލީ އެއްވުންތަކަށް ޖަމާވާ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދު ހިތްފަސޭހަ ތަނެއް ގޮތުގައި ބޭއްވުމަށްޓަކައި، ދާ ޖަހައިގެން އެސަރަހައްދަށް އެތެރެވަމުން އަންނަ ކުނި މަދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ޗެނަލް ޕާކުގައި ދާ ޖެހުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން އަންނަނީ ޗެނަލް ޕާކް ސަރަހައްދުގެ ހިތްގައިމުކަން ދެމެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި މުރަކަ އިންދުމުގެ ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ އެވެ. ރޯދަމަހާ ދިމާކޮށް އެސަރަހައްދު ވަނީ ބޮކި ފަތިން ޒީނަތްތެރިކޮށްފަ އެވެ. އެހެންކަމުން ގިނަ އާއިލާތަކެއް މިސަރަހައްދުގައި ރޯދަ ވީއްވުމުގެ އެއްވުންތައް ބާއްވާފައިވެ އެވެ.

ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް ހުރަސް އެޅޭނެ ކަމަށް ބުނެ އެޗްޑީސީން ވަނީ އެތަނަށް ކަނޑުއުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ވެސް ހަދައިފަ އެވެ.

މިދިޔަ ހަފްތާގައި ޗެނަލް ޕާކް ސަރަހައްދަށް ކޯމަސް އައިނެއް ވަނުމާ ގުޅިގެން، ގިނަ ދިވެހިންގެ ސަމާލުކަން އެކަމަށް ހުއްޓިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު