ENGLISH

08 މޭ 2026

Advertisement

އެމްޑީޕީއަކީ ނަޝީދު ވެރިކަން ހޯދަން ވިއްދާ އަސާގަނޑެއް، ނަޝީދަށް ނޫނެކޭ ބުނުން ވާޖިބު: ފުރަހަނި ޝުއައިބު

08 މޭ 2026

|

އަޙުމަދު ޙަމީދު

ޝުއައިބުގެ ޕޯސްޓްގައި ހިމަނާފައިވާ ޕޮޓޯ

އެމްޑީޕީއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަން ހޯދަން ވިއްދާ އަސާގަނޑެކެއް ކަމަަށާ ބާރު ލިބުމާއެކު އެމްޑީޕީ ހިންގުން ހުއްޓާލާނެ ކަމަަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ފުރަހަނި ޝުއައިބު އަލީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވި ދުވަސްތަކުގެ ހަނދާން އައުކޮށްދޭ ފޮޓޯއަކާއެކު ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި އޭނާ ވަނީ އެމްޑީޕީގެ މެންބަރުންނަަށް ނަސޭހަތެއް ދީފަ އެވެ.

“ބާރުހޯދަން އުޅޭއިރު ޗެއަރޕާސަން އަންނިއެވެ. ބާރުތައް ލިބުނީމަ ރައީސް ނަޝީދެވެ. ވަގުންނާ ލުޓޭރުން އަރިސް ބޭފުޅުންނަށް ވީއެވެ. އެތެރެކޮއިލުގެ ނާޗަރަންގީ ފެށޭނެއެވެ. ޕާޓީ ހިންގުން ހުއްޓުވާނެއެވެ. އެމްޑީޕީއަކީ އަންނި ވެރިކަން ހޯދަން ވިއްދާ އަސާގަނޑެކެވެ. ޤަބޫލު ކުރާށެވެ,” ޝުއައިބުގެ ޕޯސްޓްގައި ވެ އެވެ.

އެހެން ޕޯސްޓެއްގައި ވެސް ޝުއައިބު ވަނީ ނަޝީދަށް ފާޑު ވިދާޅުވެފަ އެވެ.

ޝުއައިބު ވިދާޅުވީ އިންޑިއާ ކަނޑުން ދިވެހީންގެ ބައި އިންޑިއާއަށް ވިއްކާލުމުގެ ޑީލް ހަދަނީ ރައީސް ނަޝީދު ކަމަަށެވެ.

މިއީ ނުރައްކާތެރި އެހާމެ ހީލަތްތެރި ރޭވުމެއްކަން ފާހަގަކޮށް ޝުއައިބު ވިދާޅުވީ ރައީސް ނަޝީދަށް ނޫނެކޭ ބުނުމަކީ މިއަދު ކޮންމެ ދިވެއްސެއްގެ މައްޗަށް ވާޖިބު ކަމަކަށް ވެއްޖެ ކަމަށެވެ.

“ރައީސް ނަޝީދަށް ނޫނެކޭ ބުނާށެވެ،” ޝުއައިބުގެ ޕޯސްޓްގައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު