ENGLISH

06 މޭ 2026

Advertisement

އެއާޕޯޓް މަގު މަރާމާތުކުރާތީ ބަސް ރޫޓުތަކަށް ބަދަލުގެނެސްފި

06 މޭ 2026

|

ހަނާން އަހުމަދު ނައީމް

އެމްޓީސީސީ ގެ ބަހެއް - ފޮޓޯ: ދަ ސްޓޭންޑާޑް މޯލްޑިވްސް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ މަގު މަރާމާތުކުރާތީ ބަސްތަކުގެ ރޫޓުތަކަށް ބަދަލު އައިސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިމަހުގެ 7 އިން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ފަތިހު 05:00 އިން ފެށިގެން ރޭގަނޑު 23:30 އާ ހަމައަށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް 2 އާ ދިމާލަށް އޮންނަ މަގުގެ މަރާމާތު ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި އެ މަގު ބަނދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، އެމްޓީސީސީ އިން ބުނީ، އެ ކުންފުނީގެ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އެއާޕޯޓް ބަސް ރޫޓުތަކަށް، އެ މުއްދަތުގައި ވަގުތީ ގޮތުން ބަދަލެއް ގެންނަން ޖެހިފައިިވާ ކަމަށެވެ.

އެމްޓީސީސީ އިން ވަނީ މި ބަދަލުތަކާއި ގުޅިގެން އާންމުން ސަމާލުވުމަށް އެދިފައެވެ.

މި ބަދަލާއެކު އެއާޕޯޓް ބަސަތަކުން ފަސިންޖަރުން އަރުވާ ބާލާ ހެދުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ބަސް ހުއްޓާ ތަނުގެ ބަދަލުގައި ހުޅަނގު ޕާކިން ސަރަހައްދުގައެވެ.

އެމްޓީސީސީން ބުނީ، އެކަމާއި ގުޅޭ އިތުރު މައުލޫމާތު 1650 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު