ENGLISH

06 މޭ 2026

Advertisement

ދެ އެއާލައިނަކުން ޔޫރަޕްގެ 8 މަންޒިލެއްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

06 މޭ 2026

|

ހަނާން އަހުމަދު ނައީމް

ބިއޯންޑް ގެ ބޯޓެއް

ދެ އެއާލައިނަކުން ޔޫރަޕްގެ 8 ސިޓީއެއްގެ ދަތުރުތައް ރާއްޖެއަށް ކުރަން ފަށަން ނިންމައިފިއެވެ.

މި ދަތުރުތައް ރާއްޖެއަށް ކުރުމަށް ނިންމާފައިވާ ދެ އެއާލައިނަކީ ގަލްފް އެއަރ އާއިި ބިއޯންޑްއެވެ.

މި އެއްބަސްވުމުގެ ދަށުން މިއަހަރާއި އަންނަ އަހަރުގެ ފިނި މޫސުމުގައި ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހުރިހާ ދަތުރުތަކެއްގައިވެސް ބޭނުންކުރާނީ ބިއޯންޑްގެ "ފުލް ލައި-ފްލެޓް" ޕްރީމިއަމް ކޮންފިގަރޭޝަންގެ ބޯޓުތަކެވެ. އަދި ގަލްފް އެއަރގެ ކޯޑްޝެއަރ އަދި ލޯޔަލްޓީ ޕްރޮގްރާމްގެ ދަށުން މި ހިދުމަތްތައް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ގަލްފް އެއަރގެ ކަސްޓަމަރުންނަށް މި ނެޓްވޯކުގެ ހިދުމަތްތައް އެ އެއަރލައިންގެ ގްލޯބަލް ޑިސްޓްރިބިއުޝަން ނިޒާމުގެ ތެރެއިންނާއި ބަހްރައިން އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ލިބޭނެއެވެ.

މި ޕާޓްނަޝިޕްގެ ސަބަބުން ގަލްފް އެއަރގެ ޕްރީމިއަމް ހިދުމަތްތައް ދުރު ރާސްތާގެ މަންޒިލްތަކަށް ފުޅާވެ، ސަރަހައްދީ ފެންވަރުގައި ވައިގެ ދަތުރުފަތުރުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ބަހްރައިން އޮތްއޮތުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ބުނެފައިވެއެވެ.

ފިނި މޫސުމުގެ ޝެޑިއުލްގައި ހިމެނޭ ގޮތުން، ރާއްޖެއަށް ކޮންމެ ދުވަހަކު ބަހްރެއިނުން ދަތުރުތައް ބޭއްވުމުގެ އިތުރުން ޔޫރަޕްގެ ބައެއް މަންޒިލްތަކަށް ދަތުރުކުރާނެއެވެ. އެއީ ޕެރިސް، ލަންޑަން، ޒިއުރިކް، މޮސްކޯ، މިލާން އަދި ރޯމްއެވެ.

2027 ވަނަ އަހަރުގެ ފިނި މޫސުމަށް މި ނެޓްވޯކުގެ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ސްޕެއިންގެ މަލާގާ، ފްރާންސްގެ ނީސް، އަދި ޖެނީވާއަށް ދަތުރުތައް ކުރުމަށް ވަނީ ނިންމާފައެވެ. މިއީ ފިނި މޫސުމުގައި ހޫނު މަންޒިލްތަކަށް އޮންނަ ޑިމާންޑް، ޔޫރަޕްގެ މަންޒިލްތަކަށް ބަދަލުވާ ބަދަލުވުމާ އެއްގޮތަށް ގެނެވޭ ބަދަލެއްކަމަށް ބިއޯންޑްއިން ބުނެފައިވެއެވެ.

ރާއްޖޭގެ ދަތުރުތައް މުޅި އަހަރު ދުވަހަށް ދެމިގެންދާއިރު، ޔޫރަޕްގެ ދަތުރުތަކުގެ އަދަދުތައް ކަނޑައަޅާނީ އެ ދުވަސްވަރެއްގެ ޑިމާންޑަށް ބެލުމަށްފަހުގައިކަމަށް ބިއޯންޑްއިން ބުނެއެވެ.

ރާއްޖެއަކީ މިހާރުވެސް ގަލްފް ގައުމުތަކާއި ޔޫރަޕްގެ ފަތުރުވެރިންގެ މެދުގައި ފިނި މޫސުމުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. މި ދަތުރުތަކާއިއެކު މި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު