ENGLISH
06 މޭ 2026
ވެލިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް
06 މޭ 2026
|
ވެލިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު
އެންމެ މަޤްބޫލު
ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންްޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ، މި މަޝްރޫއުގެ މަސައްކަތުގެ 99.83 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބިންގަނޑު އެއްވަރު ކުރުމާއި ބެކްފިލިންގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޝަރަފްވެރިކޮށްދެއްވައި، ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ރަސްމީކޮށް ފައްޓަވައިދެއްވި މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން 2.7 ހެކްޓަރުގެ ބިން ހިއްކުމާއި، 443 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއީ33.6 މިލިއަން ރުފިޔާއަށް 210 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތެކެވެ.