ENGLISH

06 މޭ 2026

Advertisement

ދިޔާނާގެ ޕޯސްޓެއް: ރައީސް މުޢިއްޒުގެ ލީޑާޝިޕް ތަޖުރިބާކުރެވިއްޖެ، ފެނުނީ މަދުން ނޫނީ ނުފެންނަ ސިފައެއް

06 މޭ 2026

|

އަޙުމަދު ޙަމީދު

ރޭގެ ބައްދަލްވުމަށް ފަހު ރައީސް, ދިވެހީންނާއި ބައްދަލު ކުރައްވަނީ --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑާޝިޕް ފުރަތަމަ ފަހަރަށް ތަޖުރިބާކުރެވިފައިވާ ކަމަށާ އެމަނިކުފާނުގެ ކިބައިން ފާހަގަވީ ވަރަށް މަދުން ނޫނީ ނުފެންނަ ސިފައެއް ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ކުރެއްވުނު ތަޖުރިބާ ހިއްސާކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.

ދިޔާނާ ވިދާޅުވީ ނިމިދިޔަ އެތައް ސަރުކާރެއްގައި ޚިދުމަތް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާ އަދި އެކި ރައީސުންގެ ލީޑާޝިޕް ސްޓައިލްޓަކާއި ހަރުދަނާކަން ތަޖުރިބާ ކުރެއްވިފައިވާ ކަމަށެވެ.

ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ބޭއްވެވި ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވިކަން ފާހަގަ ކުރައްވާ ދިޔާނާ ވިދާޅުވީ ރޭގެ ރިސެޕްޝަނުން ރައީސް މުޢިއްޒުގެ ލީޑާޝިޕް ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އެގޮތުން އެންމެ ފާހަގަ ކުރެވުނީ ވަރަށް މަދުން ނޫނީ ނުފެންނަ ސިފައެއް ރައީސް މުޢިއްޒުގެ ކިބާގައި ހުރިކަން ކަމުގައި ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ ރޭގަނޑުގެ ފަރިއްކޮޅަށް ފަހު ރައީސް ހުންނެވީ އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ބޭނުންވި ކޮންމެ  ރައްޔިތަކާއި ވަކީން ބައްދަލު ކުރެއްވުމަށް ކަމަށެވެ. އެގޮތުން ކޮންމެ ރައްޔިތަކާއި ވަކީން ބައްދަލު ކުރައްވާ އެ އެ މީހެެއްގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އަދި ނޯޓް ނަންގަވައި ބޭނުންވި ކޮންމެ ރައްޔިތަކާއިއެކު ފޮޓޯ ނެންގެވި ކަމަށެވެ.

އެކަމަނާ ވިދާޅުވީ ރޭގަނޑު 10:30 ވީފަހުން އެ ބައްދަލްވުމުން ވަޑައިގެންނެވިއިރު ވެސް ރައީސް ހުންނެވީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށެވެ. އެކަން މެލޭޝިޔާގެ ދަތުރުފުޅުގައި ވެސް ތަކުރާރު ކުރެއްވިކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. 

ރައީސްގެ މި ސިފަފުޅަކީ ވަރަށް ފާހަގަކޮށްލެވޭ ސިފަފުޅެއްކަން ފާހަގަ ކުރައްވާ ދިޔާނާ ވަނީ ރައީސަށް ވަަރަށް ބޮޑަށް ތަޢުރީފު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު