ENGLISH
06 މޭ 2026
ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
06 މޭ 2026
|
ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ހުޅުމާލެ ފޭސް 2 ކުން، 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ،ގެއްލިގެން ހޯދަމުންދަނީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) ކަމަށެވެ. އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައިކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ މޭ 5، 2026 ވަނަ ދުވަހުގެ ހަވީރު 16:15 އެހާކަންހާއިރު ކަމަށާއި، އެ ކުއްޖާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން އެ ހިދުމަތަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށް ފުލުހުން ބުންޏެވެ. އިތުރަށް ބުނީ، ކުއްޖާ ގެއްލިގެން އުޅޭ ރިޕޯޓް ލިބުމާއެކު، ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައެއް ނުވާކަމަށްވެސް ބުނެފައިވެ އެވެ.
ފުލުހުން އެދިފައިވަނީ، ޢާއިޝަތު އަލްޔާ ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރުމަށެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.