ENGLISH

06 މޭ 2026

Advertisement

ބީއެމްއެލްގެ ގޮތްޕެއް ލަންކާގައި ހުޅުވޭނެ ކަމުގެ އުންމީދީ އަލި މަގެއް ވަނީ ފެނިފައި: ރައީސް

06 މޭ 2026

|

އަޙުމަދު ޙަމީދު

ބައްދަލްވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ދިވެހި ޤައުމީ ބެންކު -- ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޮތްޕެއް ސްރީލަންކާގައި ހުޅުވޭނެ ކަމުގެ އުންމީދީ އަލި މަގެއް ވަނީ ފެނިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ފުރަނާމަ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ކޮލަންބޯގައި ދިިރިއުޅޭ ދިވެހީންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބީއެމްއެލްގެ ބްރާންޗެއް އެ ޤައުމުގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަމުގެ މަޝްވަރާތައް ކުރެވި އެކަމަށް އުންމީދީ އަލިމަގެއް ފެނިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ލަންކާގައި ޤައުމީ ބެންކުގެ ގޮތްޕެއް ހުޅުވުމުން ދެ ޤައުމުގެ ރަައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"ވަރަށް ބޮޑު އުންމީދެއް ލިބިގެން ގޮސްފައި މިވަނީ ރާއްޖޭގެ ބެންކު، ބެންކު އޮފް މޯލްޑިވްސްގެ ބްރާންޗެއް މިތާންގައި ހުޅުވުމަށް ކުރާ މަސައްކަތަށް އުންމީދީ އަލި މަގެއް ވަނީ ފެނިގެން ގޮސްފައި،" ރައީސް ވިދާޅުވި އެވެ.

ލަންކާގައި ޤައުމީ ބެންކުގެ ގޮތްޕެއް ހުޅުވުމަކީ އެ ބެންކުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތަށް ލިިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު