ENGLISH

06 މޭ 2026

Advertisement

ކޮލަމްބޯގެ މޭޔަރު އިންތިޒާމުކުރެއްވި، ޚާއްޞަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

06 މޭ 2026

|

އަޙުމަދު ޙަމީދު

ކޮލަމްބޯގެ މޭޔަރު އިންތިޒާމުކުރެއްވި، ޚާއްޞަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަތުން --

ކޮލަމްބޯގެ މޭޔަރު ކެލީ ބެލްތަޒާ އިންތިޒާމުކުރެއްވި، ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފި އެވެ.

މި ހަފްލާ ބާއްވާފައިވަނީ ކޮލަމްބޯގެ މޭޔަރުގެ ރަސްމީ ގެކޮޅު، ސްރީ ނިވާސާގައެވެ.

މި ހަރަކާތުގައި ސްރީލަންކާގައި ތަފާތު ވައްތަރުގެ ސައި ކެއްކުމުގެ ވައްޓަފާޅި ދައްކާލުމުގެ އިތުރުން ސަޔާއެކުގައި ބޭނުންކުރަން ކަމުދާނެ ކާނާގެ ބައެއް ބާވަތްތައް ދެނެގަތުމާގުޅޭ ސެޝަނެއް ކުރިއަށް ގެންދެވި އެވެ. އަދި ކިޔަވާ ކުދިންގެ ފަރާތުން "ޓުމޯރޯސް ކޮލަންބޯ" ގެ ނަމުގައި ބޭއްވި ކުރެހުމުގެ މައުރަޒެއްވެސް މި ހަފްލާގައި ކުރިއަށްދިޔަ އެވެ.

މި ހަފުލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މޭޔަރު ވަނީ އިޖްތިމާޢީ ތަރައްޤީއާއި މުޖްތަމަޢުގެ ލާބައަށް ދެ ބޭފުޅުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފަ އެވެ. ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް އަމާޒުކޮށް ކުރެވޭ މަސައްކަތްތަކުގައި ދެ ބޭފުޅުންވެސް ވަނީ ގުޅިގެން ގާތުން މަސައްކަތް ކުރުމުގެ އަޒުމް އައުކުރައްވާފަ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ބައިވެރިވެވަޑައިގެންނެވި ހަފުލާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު