ENGLISH

06 މޭ 2026

Advertisement

ކޮންގްރެސްގެ ޑެޕިއުޓީ އެސްޖީއަކަށް ލަމްޢާން

05 މޭ 2026

|

އަޙުމަދު ޙަމީދު

ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުޙައްމަދު ލަމްޢާން އައްޔަނުކުރައްވައިފި އެވެ.

އެ ޕާޓީން މިއަދު ވަނީ އެކަން އިއުލާނު ކޮށްފަ އެވެ. ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުޙައްމަދު ލަމްޢާން އައްޔަނުކޮށްފައިވާ ކަމަށެވެ. ޕާޓީގެ ފަރާތުން ވަނީ މަރުޙަބާ ވެސް ކިޔާފަ އެވެ.

ލަމްޢާނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ވެސް ފުރުއްވާފައިވެ އެވެ.

ދާދި ފަހުން ކޮންގްރެސް ޕާޓީން ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު މޫސާ ފަތުހީ އާދަމް އައްޔަނު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު