ENGLISH

05 މޭ 2026

Advertisement

40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު

05 މޭ 2026

|

އައިމިނަތު ޝަފާ

މީގެކުރިން އުތުރުގެ ރަށަކަށް މޫސުން ގޯސްވެފައި --

ސާޅީސް މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު 12:30 އިން އިރުއޮއްސި 18:30 އާ ހަމައަށެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.  

ވައިގެ ބާރުމިނަށް ބަލާއިރު ހުޅަނގުދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެ އެވެ. 

އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރާއިރު އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެއެވެ. 

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ މާލެ އަތޮޅު ދިއްފުއްޓަށެވެ. އެއީ 72.3 މިލިމީޓަރުގެ ވާރެ އެވެ. 

ހުދު ސަމާލު ނެރެފައިވާތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން އަދި އެހެން ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު