ENGLISH
05 މޭ 2026
"ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް" މަޝްރޫއު އިފުތިތާހުކޮށްފި
05 މޭ 2026
|
"ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް" މަޝްރޫއު އިފުތިތާހުކުރުން-- ފޮޓޯ:މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
"ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް" މަޝްރޫއު އިފުތިތާހުކޮށްފި އެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫއުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ސާފުތާހިރުކަމާއި ދިރުންތައް ރައްކާތެރި ކުރުން ކަމަށެވެ. މި މަޝްރޫއު އިއްޔެ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޑރ. އަލީ ޝަރީފެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި ޕްރޮގްރާމްކުރިއަށް ގެންދަނީ ގައުމީ ޔުނިވަސިޓީ އާ ގުޅިގެންނެވެ. މި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި، 49 މިލިއަން ޑޮލަރަށް ވުރެ ގިނަ އިން-ކައިންޑް ކޮންޓްރިބިއުޝަނާއެކު ކުރިއަށް ގެންދާ މުހިންމު މަޝްރޫއެއް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.
މި މަޝްރޫއަކީ ދުނިޔޭގެ ފެންވަރުގައި ހިންގާ 109 މިލިއަން ޑޮލަރުގެ "ޖީ.އީ.އެފް-8 ކްލީން އެންޑް ހެލްތީ އޯޝަން އިންޓަގްރޭޓެޑް ޕްރޮގްރާމް" ގެ ދަށުން ހޮވާލެވުނު 13 ގައުމީ މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުކަމަށް ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވި އެވެ. ހަމަމިއާއެކު ބައިނަލްއަގުވާމީ ޕްރޮގްރާމަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އިސްވެ އޮވެ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އެހެނިހެން ބައިނަލްއަގުވާމީ ބޭންކުތަކާ ގުޅިގެން ހިންގާ މަސައްކަތެއްކަމަށްވެސް ވިދާޅުވި އެވެ.
މަޝްރޫެއުގައި ރާވާފައިވާ ކަންތައްތައް:
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ކަނޑުތަކުގައި އޮކްސިޖަން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، އެއްގަމުން ކަނޑަށް ބޭރުވާ ނައިޓްރޯޖަން އާއި ފޮސްފަރަސް ފަދަ ކަނޑު ތަޣައްޔަރުކުރާ މާއްދާތައް މަދުކުރުމެވެ. އެގޮތުން ދަނޑުވެރިކަމާއި، ސިނާއީ މަސައްކަތްތަކުންނާއި، ރަށްރަށުގެ ނަޖިސް ބޭރުކުރާ ނިޒާމުތަކުން ކަނޑަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް "ސޯސް-ޓޫ-ސީ" ނުވަތަ ފެށޭ ތަނުން ފެށިގެން ކަނޑާ ހަމައަށް ހުރި މައްސަލަތައް ހައްލުކުރުމުގެ އުސޫލުތައް ގެންގުޅޭނެ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްރޫއު ތަންފީޒު ކުރަނީ ޔޫއެންއީޕީންނެވެ. އަދި މި މަސައްކަތް ރާއްޖޭގައި އަމަލީގޮތުން ހިންގައި ރާވާނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި އިނގިރޭސިވިލާތުގެ ސެންޓަ ފޯ އިކޮލޮޖީ އެންޑް ހައިޑްރޮލޮޖީ ގުޅިގެންނެވެ.