ENGLISH

05 މޭ 2026

Advertisement

އިގުތިސާދު ސިންދަފާތުކުރުމަށް ރިއަލްއެސްޓޭޓު؛ މިނިސްޓަަރު ވިދާޅުވެދެއްވީ އަމާޒު ހިފިދާނެ ރާސްތާއެއް

05 މޭ 2026

|

ޝިފްޒާން އަޙްމަދު

ރާއްްޖޭގެ އިގުތިސާދަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެންމެ ސިނާއަތަކަށް ބަރޯސާވުމުން އުފެދިފައިވާ ނާޒުކުކަން ނުވަތަ ވަލްނަރަބިލިޓީއެވެ. އެކަަމުން އަރައިގަތުމަށް އިގުތިސާދު ސިންދަފާތުކުރުމުގެ ވާހަކަދެކެވޭތާ ޒަމާންތަކެއްވީއިރު، އެ އަމާޒަށް ދަތުރުކުރެވޭނެ ސާފު ރާސްތާއެއް ތަސައްވުރުކުރެވިފައި ނެތެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު އޭނާގެ ލިންކެޑިން ޕޭޖުގައި ޝާއިއުކުރެއްވި ލިޔުއްވުމެއްގައި ވަރަށް ތަފުސީލުކޮށް އެ އަމާޒު ހާސިލުކުރެވިދާނެ ގޮތުގެ ތަސަައްވުރެއް ހުށަހަޅުއްވާފައިވެއެވެ. 

މުއްތަލިބު ދެކެވަޑައިގަންނަަވާ ގޮތުގައި ރާއްޖޭގެ އިގުތިސާދު އައު ހަރުފަތަކަށް ވާސިލުކޮށްދޭން އައު ސިނާއަތަކީ ނުވަތަ ވިޔަފާރިއަކީ ރިއަލް އެސްޓޭޓެވެ. އެ ދާއިރާއަކީ ގެދޮރާއި އެޕާޓުމެންޓުތައް ބިނާކުރުން އެކަނި ނޫންކަމަށާއި، އެއީ ވާދަވެރި އަދުލުވެރި އިންވެސްޓުކުރުމަށް އެކަށީގެންވާ ބާޒާރެއް އުފައްދައި، ޕްރޮޕަޓީ މިލްކުކުރުމާއި ވިއްކުމާއި އަގުކުރުމާއި އަގު އިތުރުކުރުމަށް މަގުފަހިކުރާ ސިނާއަތެއް ކަމުގައި މުއްތަލިބު ވިދާޅުވިއެވެ. އެއީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އިތުބާރާއެކު ހަރުމުދާ ގަނެ ވިއްކައި، އަތުގައި ބެހެއްޓުމަށް މަގުފަހިކުރާނެ ބާޒާރެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މުޅި މި އިތުބާރުގެ ކުންނުގައި އޮންނަ ހިޔާލަކީ ކަށަވަރުކަން ގެއްލުމުގެ ސަބަބުން މުދަލުގެ އަގު ނެތިވެގެންނުދިއުންކަން އޭނާ ފާހަގަކުރެއްވިއެވެ. 

މިހާރު މިދާއިރާ ކުރިއެރުވުމުގައި ރާއްޖެއަށް ކުރިމަތިވެފައި އޮތް ގޮންޖެހުމަކީ ބިން އަތުގައި އޮންނާނެ މުއްދަތުގެ ޔަގީންކަން ނެތުމުގެ ސަބަބުން ހަރުމުދާ ހަގީގީ މާނާގައި ހަރުމުދަލަށް ނުވުމެވެ. ބޭނުންތެރި އެއްޗަކަށް ހަރުމުދާ ވިޔަސް އެއީ އަގެއް ހުރި އެއްޗަކަށް ނުވެއެވެ. އެހެންކަމުން މި ތަފާތު އެނގުމަކީ ރިއަލްއެސްޓޭޓުގެ ވަށައިގެން އިގުތިސާދެއް ބިނާކުރާނަމ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ. 

ފްރީ ހޯލްޑް ނުވަތަ އުމުރަށް ދެމިގެންދާ މިލްކުވެރިކަމަކީ ސިޔާދަތު ބަލިކަށިވާކަމެއް ނޫންކަން ފާހަގަކުރައްވައި މުއްތަލިބު ލިޔުއްވާފައިވަނީ ރާއްޖޭގައި ޕްރޮޕަޓީއެއް މިލްކުކުރެވުމަކީ ރާއްޖޭގައި ދިރިއުޅުމާއި ދިވެހި ރައްޔިތުކަން ލިބުމާއި، ރާއްޖޭގެ ގާނޫނުތަކުން އިސްތިސްނާކުރުވާނެ ކަމެއް ނޫން ކަމަށެވެ. ރަށްވެހިކަމާއި، ވިސާއާއި ގައުމީ ސަލާމަތުގެ މައްޗަށް ފުރިހަމަ ބާރު އޮންނާނީ ދައުލަތަށްކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ ރާއްޖޭގައި ހުރުމުގެ ހައްގު މީހަކަށް ގެއްލިގެންދާއިރު އޭނާގެ މިލްކުގައި އޮތް ބިން ހިފައިގެން ނުދެވޭނެ ކެމެވެ. އޭނާއަށް ޖެހޭނީ އެ ބިން ވިއްކައިލަން ނުވަތަ އެ ބިމުގައި ދިރިނޫޅޭ އެސެޓެއްގެ ގޮތުގައި އަތުގައި ބިން ބާއްވާށެވެ. 

ރާއްޖެއަށް ފްރީހޯލްޑް އޯނާޝިޕް ތައާރަފުކުރުމުގެ ވިސްނުމެއް ނުވަތަ ނިޔަތެއް ނެތްކަން ސާފުކޮށް ހާމަކުރެއްވުމާއެކު ވަޒީރު އުފެއްދެވި ސުވާލަކީ ފްރީހޯލްޑް މިލްކުވެރިކަމުގެ މަފުހޫމާ ުނުލައި ވަރުގަދަ އަގުހުރި ރިއަލް އެސްޓޭޓް ބާޒާރެއް އުފެއްދިދާނެތޯއެވެ. ޖަވާބުގައި އޭނާ ލިޔުއްވީ އެއީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް އެކަމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ. 

މި ދާއިރާ ރާއްޖޭގައި ތަަރައްގީކުރާއިރު ދޫކޮށްނުލެވޭނެ މަބްދައުތަކެއްގައި ހިފަހައްޓަންޖެހޭކަންް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސިޔާދަތީ ބާރުވެރިކަން ފުރިހަމައަށް ދަމަހައްޓަަމުން އިންވެސްޓުމެންޓު ގެނައުމަކީ ކުރެވިދާނެ ކަމެއްކަން ކާމިޔާބު ރިއަލް އެެސްޓޭޓު މޮޑެލްތައް ތަންފީޒުކުރި  ދުބާއީ ފަދަ ގައުމުތަކުގެ ތަޖުރިބާއިން އެނގެން އެބައޮތް ކަމަށެވެ. 

ރާއްޖޭގައި އެކަމަށްޓަކައި ހިފަހައްޓަންޖެހޭ މަބްދައުތަކުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ މުދަލެއްގެ މިލްކުވެރިކަމަކީ ރައްޔިތުކަމަށް ވާސިލުވެވޭ މަގެއްކަމުގައިނުވުމައި، ރަށްވެހިކަމަކީ ޝަރުތުތަކަކާއެކު ދެމިއޮންނަ، އަދި ދާއިމީ ކަމެއް ކަމުގައިނުވުމާއި، ކޮންމެ ވަގުތެއްގައިވެސް ވިސާ ބާތިލުކުރެވޭ ގޮތަށް އޮތުމާއި، މިފަދަ ބާޒާރެއްގައި ބައިވެރިވަނީ އިތުބާރުކުރެވޭ އިންވެސްޓަރުންކަން ކަށަވަރުކުރެވޭނެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމެވެ. 

އެންމެ މުހިއްމު އަސާސެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ރިއަލް އެސްޓޭޓު ސިނާއަތުގެ ސަބަބުން ދިވެހިންނަށް އަމިއްލަ ގައުމުގައި ގެދޮރު މިލްކުނުކުރެވޭ ހާލަތެއް އުފެދުމަށް ފުރުސަތު ފަހިނުވުމެވެ. އެހެންކަމުން އެ ސިނާއަތުން ރާއްޖޭގެ ގެދޮރުގެ ބާޒާރަށް ލޮޅުމެއް އައިސްގެންނުވާނެ ކަމަށާއި، ދިވެހިން ދިރިއުޅޭ ސަރަހައްދުތަކުގެ ބިމާއި ގެދޮރުގެ އަގު އުފުލިގެންނުވާނެ ކަމުގައި ވަޒީރު ލިޔުއްވިއެވެ. 

އެކަން ކަށަވަރުކުރުމަށް އެންމެ މުހިއްމުކަމަކީ ދިވެހިން ދިރިއުޅޭ ސަރަހައްދުތަކަށް ބޭރުގެ އިންވެސްޓަރުންނަށް ނުވަދެވޭކަން ކަށަވަރުކޮށް، އެ ސަރަހައްދުތަކުގައި ގާއިމުކުރެވޭ ގެދޮރާއި ބިމަކީ ދިވެހިންނަށް ހާއްސަ، ދިވެހިންގެ ބޭނުންތަކަށް ބޭނުންކުރެވޭ ތަންތަން ކަމުގައި ކަނޑައެޅުމެވެ. ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް ރިއަލް އެސްޓޭޓު ތަރައްގީކުރެވޭނީ އެކަމަށް ހާއްސަކުރެވިފައިވާ ސަރަަހައްދތަކެއްގައެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ އިންވެސްޓަރުން އަންނަނީ ފައިދާއެއް ހޯދުމަށް ކަމުގައިވާއިރު މުދަލުގެ އަގު މައްޗަަށް ނުދާނަމަ އިންވެސްޓަރުން އަންނަން ހަގީގީ ބާޒާރެއް ވުޖޫދުނުވާ ކަމެވެ. ބާޒާރެއް ނެތި ސިނާއަތެއް އުފަންނުކުރެވޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅިވީ ސަރުކާރުގެ ޒިންމާއަކީ ފައިދާ ލިބެނެވި ނިޒާމެއް ފަރުމާކޮށް ހިންގުން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު