ENGLISH
05 މޭ 2026
ވަގަށް ނެގި ފަސް ލައްކައަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައިފި
05 މޭ 2026
|
ފުލުސް އޮފިސަރުންތަކެއް މަގުމަތި ޕެޓްރޯލުކުރަނީ
އެންމެ މަޤްބޫލު
ވަގަށް ނެގި 599،879 ރުފިޔާގެ ތަކެތި ހޯދާފައިވާ ކަމަށް ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ މިދިޔަ ހަފްތާގައި ވައްކަން ކުރިތަކެތި އަނބުރާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޖުމްލަ 599،879 ރުފިޔާގެ ތަކެތި އަނބުރާ ހޯދާފައިވާ ކަމަށެވެ.
ހިސާބުތަކުން ދައްކާގޮތުން އެންމެ ގިނަ ސާމާނު ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ނެވެ. ދެވަނައަށް އެންމެ ގިނައިން ތަކެތި ހޯދާފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނުން ނެވެ. އަދި އެ ލިސްޓްގެ ތިންވަނައިގައި އޮތީ ހެންވޭރު ޕޮލިސް ސްޓޭޝަނެވެ.
ޕޮލިސް ސްޓޭޝަންތަކުން ތަކެތި ހޯދި މިންވަރު:
ފުލުހުން އަންނަނީ މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ އެ ފައިސާ ނުވަތަ މުދަލު ވެރި ފަރާތްތަކަށް އިއާދަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހަށް ހުށަަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅޭ އެއް ބާވަތަކީ ވައްކަމުގެ މައްސަލަތަކެވެ.