ENGLISH
05 މޭ 2026
އަންހެން ވިޔަފާރިވެރިންނަށް ލޯނުގެ ގޮތުގައި 31 މިލިޔަނަށްވުރެ ގިނަ ރުފިޔާ
05 މޭ 2026
|
އަންހެން ވިޔަފާރިވެރިންނަށް ލޯނުގެ ގޮތުގައި 31 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައި
އެންމެ މަޤްބޫލު
ހުސްވި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އަންހެން ވިޔަފާރިވެރިންނަށް 31 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެފި އެވެ.
އަންހެން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއް ކުރަމުންދާއިރު އޭގެ ތެރެއިން އެންމެ މުހިންމު އެއް ސްކީމަކީ "ފަށާ މަދަދު" ލޯނު ސްކީމެވެ.
"ފަށާ މަދަދު" ލޯނު ސްކީމަކީ މި ސަރުކާރުން އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށްޓަކައި އިފްތިތާހުކޮށްފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ.
ފަށާ މަދަދު ލޯން ސްކީމްއާއި އެކު ދެން ތައާރަފް ކޮށްފައިވާ ލޯން ސްކީމަކީ ފަށާ މަދަދު ލީސިން އެވެ. މި ލޯން ސްކީމުގެ ދަށުން 10،000 ރުފިޔާ އާއި 100،000 ރުފިޔާ އާއި ދެމެދުގެ އަދަކަށް ލޯނު ދޫކުރަން ހަމަޖެހިފައިވެއެވެ.
މި ލޯނު ސްކީމުގައިވެސް ގްރޭސް މުއްދަތުގެ ގޮތުގައި ހަ މަސް ލިބޭނެއެވެ. ލޯނު ދައްކަން ފަސް އަހަރު ލިބޭ އިރު މި ލޯނު ސްކީމްގެ އިންޓްރެސްޓް ރޭޓަކީ އަށް އިންސައްތަ އެވެ.
އެސްއެމްއީ ޑިޖިޓަލްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 17 ނޮވެންބަރު 2023 އިން 15 އެޕްރީލް 2026ގެ ނިޔަލަށް 128 ވިޔަފާރިއަކަށް އަންހެން ވިޔަފާރިވެރިންނަށް 31 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލޯނުގެ ގޮތުގައި ދޫކޮށްފަ އެވެ. އެއީ މުޅި ޖުމްލަ 6.2 މިލިޔަން ރުފިޔާ އެވެ. ފަށާ މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން އަންހެން ވިޔަފާރިވެރިންނަށް 25 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިއީ 97 ކަނބަލަކަށް ދޫކޮށްފައިވާ ލޯނެވެ.
އެސްއެމްއީ ޑިޖިޓަލްއިން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ދޫކުރާ ލޯނު ސްކީމްގެ ދަށުން ވިޔަފާރި ފަށަން ބޭނުންވާ ކޮންމެ ދާއިރާއަކަށްވެސް ރަހުނަކާއި ނުލައި ފައިނޭންސް ފޯރުކޮށްދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެ އެވެ. ލޯނު ދޫކުރަނީ، 25،000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާ ހަމައަށެވެ.ފަށާ މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން އަހަރަކު ހައެއް އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ނެގޭނެ އެވެ.
"ފަށާ މަދަދު" ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިިވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތް ލިބުމުގައި ދަތިތައް ކުރިމަތިވާ މީހުންނަށެވެ. މީގެ އިތުރުން އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ އަންހެނުންނަށް ވެސް މި ލޯނު ދޫކުރާނެ އެވެ.