ENGLISH
04 މޭ 2026
"ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
04 މޭ 2026
|
"ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން--ފޮޓޯ: އެޑޯބް ސްޓޮކް
އެންމެ މަޤްބޫލު
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި އެވޯޑަށް ކުރިމަތިލުމުގެ މިހާރު ދީފައިވާ ސުންގަޑިއަކީ މޭ 13، 2026 ބާ ބުދަ ދުވަހުގެ 14:00 އެވެ. ކުރިން ދީފައިވާ ސުންގަޑިއަކީ މޭ މަހުގެ ތިންވަނަ ދުވަހެވެ.
މި އެވޯޑަށް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ފުރުމަށްފަހު [email protected] އަށްއީމެއިލް ކުރުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ.
މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އިނާމެކެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ދުވަހާ ގުޅުވައިގެންދޭ ހާއްސަ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލިއިރު ސަރުކާރުން އަންނަނީ ދުންފަތުގެ ވަބާއިން ޒުވާން ޖީލު ސަލާމަތްކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށާއި އަލަށް ތަޢާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް އިސްކަންދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. ދުންފަތުން ލިބޭ ގެންލުންތަކަށް ހޭލުންތެރިކޮށް އެކަން ހުއްޓާލުމަށް އެހީތެރިވެދޭނެ މުޅިން ހިލޭ ބައިވެރިވެވޭނެ ޕްރޮގްރާމްތައް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ވަނީ ފައްޓަވައިފަ އެވެ.