ENGLISH
04 މޭ 2026
ރައީސްގެ ޚާއްސަ ޝުކުރު: އަމާޒަކީ ރައްޔިތުންނަށް ޙަޤީޤީ ފައިދާތަކެއް ފޯރުކޮށްދިނުން
04 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ --
އެންމެ މަޤްބޫލު
ލަންކާއާ ރާއްޖޭގެ ސަަމާލުކަން އޮތީ ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ހަޤީޤީ ފައިދާތަކެއް ފޯރުކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މެހެމާންދާރީއާ ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަކީ ގާތް އެކުވެރިއެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވަފުދު, ލަންކާއަށް ވަޑައިގެންނެވި ވަގުތުން ފެށިގެން ދެއްވަމުން ގެންދަވާ މެހެމާންދާރީއާ ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރުއަދާ ކުރައްވާފަ އެވެ.
އަދި ލަންކާގެ ރައީސާއެކު ވަރަށް އުފެއްދުންތެރި އެހާމެ ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިފައިވާ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ތަޢުލީމާއި، ޒުވާނުންނާއި، ސިއްޙަތާއި، މަސްވެރިކަމާއި، ސަލާމަތާއި، މޫސުމާބެހޭ ގުޅޭ ދާއިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުނު ކަމުގައި ވިދާޅުވި އެެވެ.
ރައީސް ވިދާޅުވީ ދެ ޤައުމުގެ ސަަމާލުކަން އޮތީ ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ހަޤީޤީ ފައިދާތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.