ENGLISH

04 މޭ 2026

Advertisement

ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް

04 މޭ 2026

|

ހަނާން އަހުމަދު ނައީމް

ހިތަދޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ސ. ހިތަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން މި މަޝްރޫއުެ އަދާހަމަ ހިއްސާކޮށް ކުރި ޕޯސްޓުގައި ބުނީ، މިހާރު އެ މަޝްރޫއުގެ ދަށުން ކުރިއަށްދަނީ ބީމް ޝަޓަރިން އާއި ރީއިންފޯސްމަންޓް މަސައްކަތް ކަމަށެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްދާ މިމަސައްކަތުގެ ދަށުން ފުރަތަަމަ ފަންގިފިލާގެ ތަޅުމުގެ ކޮންކްރީޓް މަސައްކަތް ވެސް މިހާރު ވަނީ ފެށިފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްޓީސީސީ އިން އަންނަނީ މިފަދަ ގިނަ މަޝްރޫއުތަކާއި ހަވާލުވެ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ރަށްރަށުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިމެނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު