ENGLISH

04 މޭ 2026

Advertisement

ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކުރިއަށްދަނީ

04 މޭ 2026

|

އާމިނަތު ނުޒްލާ

ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އާރުޑީސީ

އދ. ހަންޏާމީދޫގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގާއިމުކުރަމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފި އެވެ.

އާރްޑީސީން ބުނީ ހަންޏާމީދޫގައި ގާއިމުކުރަމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސަބްބޭސްގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 90 ދުވަސް ތެރޭގައި ނިންމާގޮތަށް 5.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އާރުޑީސީ

އާރުޑީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މި ދިޔަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫއުތައް ފުރިހަމަކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. މި މަޝްރޫއުތަކުގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ނިމިފައިވާއިރު، މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.

އދ. ހަންޏާމީދޫ ފުޓްބޯޅަ ދަނޑު ނިންމަން އާރުޑީސީއާ ހަވާލުކުރުމުގެ އިތުރުން، މަސައްކަތް ހުއްޓިފައިހުރި އެހެން ރަށް ރަށުގެ މަޝްރޫއުތައްވެސް ވީ އެންމެ އަވަހަކަށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު