ENGLISH
04 މޭ 2026
ވައުދުފުޅު ރަނުން ރަނަށް: މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
04 މޭ 2026
|
މިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލުން
އެންމެ މަޤްބޫލު
ށ. މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މިމަޝްރޫޢުގެ ދަށުން ހެކްޓަރުގެ ބިން ހިއްކުމާއި، އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ތެރެއިން. ފޮޓޯ؛ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެރަށުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާނެ ކަމަށެވެ. ރައީސް ވިދާޅުވީ:
އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަށް މަސް ދުވަހުގެ ތެެރޭގައި ނިމިގެންދާނެކަމަށް ރައީސް އޭރު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއު ފެށީ ކުރިޔާލައި ކަންކަން ތަރުތީބުކޮށް އިންތިޒާމުތައް ހަމަޖައްސައިގެން ކަމުން، އެ މަސައްކަތް ކުރިއަށްދާނީ އެއްވެސް މަޑުޖެހުމެއް ނެތި ހަލުވި ދުވެލީގައި ކަމަށެވެ.
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ތެރެއިން. ފޮޓޯ؛ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުހައްމަދު ނާޝިދު ވިދާޅުވީ މިލަންދޫ އެއާރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ 25.90 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު އެއްކޮށް ނިންމާލާފައިވާކަމަށެވެ. މި މަސައްކަތް ނިންމާލާފައިވަނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ ކުރިން ކަން ނާޝިދު ފާހަގަކުރެއްވި އެވެ.
އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެން ނެވެ.
ނާޝިދު ވިދާޅުވީ މި މަޝްރޫއަކީ މި ސަރުކާރަކީ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދައި، ހަލުވި ދުވެލީގައި ނަތީޖާ ނެރެދޭނެ ސަރުކާރެއްކަން ދަލީލުކޮށްދޭ ސާފު ހެއްކެއް ކަމަށެވެ.