ENGLISH

04 މޭ 2026

Advertisement

ޔޫ.ޕީ.އާރު.ގެ ވޯކިން ގްރޫޕްގެ 52 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވާނެ

04 މޭ 2026

|

އައިމިނަތު ޝަފާ

ޔޫ.ޕީ.އާރު.ގެ ވޯކިން ގްރޫޕްގެ 52 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވާނެކަމަށް ހާރިޖިއްޔާއިން ވަނީ ބުނެފައި. ފޮޓޯ؛ދިވެހި ޗެނަލް

ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ވޯކިން ގްރޫޕުގެ 52 ވަނަ ސެޝަން ޖެނީވާގައި މިއަދު ފަށައިފި އެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސެޝަންގައި އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ޔޫ.ޕީ.އާރު. ވޯކިން ގްރޫޕުން ދިވެހިރާއްޖެ ހިމެނޭގޮތަށް، 14 ގައުމެއްގެ އިންސާނީ ހައްގުތަކުގެ ރެކޯޑްތައް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ބެލްޖިއަމް، ޑެންމާކް، އެސްޓޯނިއާ، ލެޓްވިއާ، މޮޒަމްބީކް، ނެމީބިއާ، ނިޖަރ، ޕަލާއު، ޕެރަގުއޭ، ސީޝެލްސް، ސިއެރާ ލިއޯން، ސިންގަޕޫރު، ސޮލޮމަން އައިލެންޑްސް، އަދި ސޯމާލިއާ އެވެ.

ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕްގެ މި ސެޝަންގައި ރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތަށް ރިވިއު ކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކަށް ބިނާކުރަނިވި ރެކޮމެންޑޭޝަންތައް ހުށަހަޅާނެ އެވެ.

ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ބައްދަލުވުމެއް ބާއްވަ އެވެ. އެގޮތުން މިހާރު ހިނގަމުންދާ 52 ވަނަ ބައްދަލުވުމަކީ 2022 ވަނަ އަހަރުން ފެށިގެން 2027 ގެ ނިޔަލަށް ކުރިއަށްދާ ޔޫ.ޕީ.އާރު. ގެ ހަތަރުވަނަ ރިވިއު ސައިކަލްގެ ބައެކެވެ. ޔޫ.ޕީ.އާރު. އަކީ އ.ދ. ގެ މެމްބަރު ޤައުމުތަކުން އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ދެނެގަނެ، އެކަމުން ހޯދާފައިވާ ކުރިއެރުން ވަޒަންކުރުމަށް ކަނޑައެޅިފައިވާ ނިޒާމެކެވެ. އަދި މިނިޒާމުގެ ތެރެއިން ރިވިއު ކުރެވޭ ޤައުމުތަކުން އިންސާނީ ޙައްޤުތައް ތަންފީޒުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެންބަރު ޤައުމުތަކަށް ލިބިގެންދާނެ އެވެ.

މި ސެޝަންގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. އަދި މިވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާހީން އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު