ENGLISH

04 މޭ 2026

Advertisement

އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ޖުލައި މަހު ބާއްވަނީ

04 މޭ 2026

|

އައިމިނަތު ޝަފާ

ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރއަށް ޚާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަހަރުގެ ޖުލައިގައި ބޭއްވުމަށް ނިންމައިފި އެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި މަހުގެ ދެ ވަނަ ދުވަހުން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ މާލީ  ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ޚިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔަ އެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ އެކްސްޕޯތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެމްއެމްއޭއިން ވަނީ ހަމަކޮށްފަ އެވެ.

މި އަހަރުގެ އެކްސްޕޯގައި މާލީ އިދާރާތަކުން އާ ޚިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފްކުރުމަށް ރާވާފައިވާކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު