ENGLISH
04 މޭ 2026
އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ އައްޔަންކޮށްފި
04 މޭ 2026
|
އެންސްޕާގެ ސީއީއޯގެ މަގާމް އައްޔަންކުރެއްވި ޝިރުނާ.
އެންމެ މަޤްބޫލު
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ކަމަށް، މއ. ދަޑިކޮށީއިރުމަތީގެ، އާމިނަތު ޝިރުނާ އައްޔަންކޮށްފި އެވެ.
ޝިރުނާ ހުންނެވީ މީގެ ކުރިން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ ޑިސެމްބަރ 13، 2023 ގަ އެވެ. ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވި ޝިރުނާ އެންސްޕާގެ ސީއީއޯގެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން އެ މިނިސްޓްރީން އޭނަ އަށް މަރުހަބާ ކިޔައި ކާމިޔާބީ އަށް ވެސް އެދިފައިވެ އެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ސީއީއޯގެ މަޤާމަށް ޝިރުނާ އައްޔަންކުރެވުނީ އެ މަގާމުގައި ކުރިން ހުންނެވި ހީނާ ވަލީދު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އެންސްޕާ ހިންގަނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިންނެވެ.