ENGLISH

04 މޭ 2026

Advertisement

އެކި ދާއިރާތަކުން އެއްބާރުލުންދިނުން އިތުރުކުރުމަށް ރާއްޖެއާއި ލަންކާއިން މަޝްވަރާކޮށްފި

04 މޭ 2026

|

ޝިފްޒާން އަޙްމަދު

ސްރީލަންކާއާއި ރާއްޖޭގެ މެދުގައި ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތަކުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއި އަވައްޓެރި ސްރީލަންކާގެ މެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާމެދު ދެ ގައުމުގެ ސަރުކާރުން މަޝްވަރާކޮށްފިއެވެ. 

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ގައުމަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތަށްފަހު ދެ ގައުމުގެ ރައީސުން ބައްދަލުކުރެއްވީ އެ ގައުމުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓުގައެވެ. 

ދެ ގައުމުގެ ރައީސުންގެ މިބައްދަލުވުމުގައި ރާއްޖޭގެ ވަޒީރުންނާއި ލަންކާގެ ވަޒީރުންނާއި ސަރުކާރުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 

މި ބައްދަލުވުމުގައި ދެ ރައީސުންވަނީ ރާއްޖެއާއި ލަންކާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާމެދު ވާހަކަދައްކަވާފައެވެ. ދެ ގައުމުގެ މެދުގައި އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުނީ ފާއިތުވި 2025 ބަނަ އަހަރުގެ ޖުލައި މަހުއެވެ. ލަންކާއަކީ ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު ރާއްޖެއާ ޑިޕްލޮެމެޓިކް ގުޅުން ގާއިމުކޮށް މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގަތް ފުރަތަމަ ގައުމެވެ. 

މި ބައްދަލުވުމުގައި ދެ ލީޑަރުންވަނީ ދިވެހިންނާއި ލަންކާ ރައްޔިތުންގެ މެދުގައި ޒަަމާނުއްސުރެ އޮތް އެކުވެރި ގުޅުން ފާހަގަކުރެއްވުމާއެކު، ދެ ގައުމުގެ ކުރިއެރުމުގައި އެއް ގައުމެއްގެ ރައްޔިތުންނަށްް އަނެއް ގައުމަކަށް ވެދީފައިވާ ހިއްސާގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. 

ރަސްމީ މަޝްވަރާތައް ނިންމަވައިލެއްވީ ތަފާތު އެކި ދައިރާތަކުން ދެ ގައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރުކުރުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގަތުމާއެކުއެވެ. އެގޮތުން އިގުތިސާދީ ދާއިރާއާއި، ޒުވާނުން ބާރުވެރިކުރުމާއި، ތައުލީމާއި، ސަަގާފަތާއި ތަރިކައާއި ސިއްހީ ފަރުވާއާއި ދުޅަހެޔޮކަމާއި ސަލާމަަތީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެއްބަސްވެވަޑައިގެންފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު