ENGLISH
04 މޭ 2026
އަލްކޮހޯލް ހިދުމަތް ދޭން ފަށަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މައުލޫމާތަކީ ދޮގެއް: މޯލްޑިވިއަން
04 މޭ 2026
|
މޯލްޑިވިއަންގެ ބޯޓެއް-- ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
މޯލްޑިވިއަންގެ ފްލައިޓުތަކުގައި ފަސިންޖަރުންނަށް އަލްކޮހޯލް ހިދުމަތް ދޭން ފަށަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މައުލޫމާތަކީ ހަގީގަތާއި ހިލާފު މައުލޫމާތެއްކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.
ސޯސަލް މީޑިއާގައި މޯލްޑިވިއަން އިން ހިއްސާކޮށްފައިވާ ދެންނެވުމުގައި ބުނެފައިވަނީ، ސައްހަކަން ކަށަވަރުނުކުރެވޭ މިފަދަ މައުލާމާތުތައް ހިއްސާ ނުކުރުމަށް ހުރިހާ ފަރާތްތަކަށް އެދިފަ އެވެ.
މޯލްޑިވަންއާއި ގުޅިގެން މިފަދަ ދޮގު ހަބަރު ފެތުރުމުގެ ސަބަބުން، އެ ކުންފުންނާއި މެދު ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެދި ،އެ ކުންފުންޏަށް ކުރަމުން އަންނަ އިތުބާރު ކުޑަވެގެންދެ އެވެ. އެހެންކަމުން މިފަދަ ހަގީގަތާއި ހިލާފު ވާހަކަތަކަކީ މުޖުތަމައުގެ އަމާންކަމާއި މަސަލަސްކަން ގެއްލި، ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމެކެވެ.
މޯލްޑިވިއަންއަކީ ރާއްޖޭގެ ގައުމީ އެއާލައިނެވެ. މޯލްޑިވިއަންއިން އިން އަންނަނީ އެ ކުންފުނީގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް އަލަށްގެނައި އޭ330 މަރުކާގެ ބޯޓުގެ ސަބަބުން ދިގު ދަތުރުތަކަށް މި ބޯޓު ބޭނުން ކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.