ENGLISH

04 މޭ 2026

Advertisement

އެމްޑީޕީގެ އެތެރޭގެ ކޯޅުން: ޗެއާޕާސަން އިންތިހާބުގެ ތާވަލު ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް

04 މޭ 2026

|

އައިމިނަތު ޝަފާ

ސިވިލް ކޯޓް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ތާވަލު ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. 

މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުالله ޝާއިރު އެވެ. 

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޝާއިރު ހުށަހެޅި މައްސަލައިގައިވަނީ އެމްޑީޕީން ނެރެފައިވާ އިންތިހާބުގެ އިއުލާނާއި، އެ އިންތިހާބަށް ކަނޑައަޅާފައިވާ ތާވަލު ބާތިލުކޮށްދިނުމަށެވެ. އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފު ނިންމުންތަކެއް ކަމަށްވެސް މައްސަލައިގައި ވެއެވެ. އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު ބާއްވަން ނިންމާފައިވަނީ ޖޫންމަހުގެ 12 ވަނަ ދުވަހު އެވެ. 

ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުން:

  • ކެންޑިޑޭޓު ނަންބަރ: 1- މުޙައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ
  • ކެންޑިޑޭޓް ނަންބަރ: 2- އިބްރާހީމް މުޙައްމަދު (ވާޑު) ހުދުވިލާގެ/ލ.ފޮނަދޫ
  • ކެންޑިޑޭޓް ނަންބަރ: 3- މީކާއީލު އަޙްމަދު ނަސީމް ގ.ބަރޯސާ/މާލެ

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުން އެ މައްސަލަ ރަސްމީކޮށް ބަލައިގަތް ކަމެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު