ENGLISH
04 މޭ 2026
މިއަހަރުގެ ހައްޖު މިޝަންގެ މެންބަރުންނާ ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި
04 މޭ 2026
|
މިއަހަރުގެ އަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި ވަޒީރު ޝަހީމް ބައްދަލު ކުރައްވަނީ-ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
މިއަހަރުގެ ހައްޖު މިޝަންގެ މެންބަރުންނާ، އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ، އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ވަނީ، ހައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ހައްޖުވެރިންނަށް ފުރިހަމަ ހިދުމަތެެއް ދެވޭތޯ ޔަގީން ކުރުމަށް ނަސޭހަތްތެރިވެލައްވާފައެވެ.
މީގެ އިތުރުން، ދިވެހި ހައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށާއި ހައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ހައްޖު މޫސުމުގައި އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން މައްކާގައި ގާއިމު ކުރާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އައްޝައިހް އިމްތިތާއު އައްބާސް ވަނީ އައްޔަން ކުރައްވާފައެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހެވެ.