ENGLISH
04 ޖޫން 2025
ފަސްތަރީގެ މޮޅަކާއެކު އޭދަފުށި ސެމީ އަށް
18 ޑިސެމްބަރު 2024
|
އޭދަފުއްޓަށް ލަނޑެއްޖަހައިދިނުމަށްފަހު މުޙައްމަދު ފާސިރު އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުގައި ޅ. ނައިފަރު އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޯދި މޮޅާއެކު ބ. އޭދަފުށި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޭދަފުށިން ޖެހި ފަސް ލަނޑުގެ ތެރެއިން އެއްގޯލަކީ ނައިފަރުގެ އިބްރާހިމް ވިޝާމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
އޭދަފުށީގެ އަނެއް ހަތަރު ލަނޑު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ)، މުޙައްމަދު ފާސިރު (ފާއްޓޭ)، އިޝާން އިބްރާހިމް (ސައްޓު) އަދި އަހުމަދު އައިހަމް (އައިހު) އެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ކ. ގުރައިދޫ ނުކުންނާނީ މާލެ ސިޓީއާ ދެކޮޅަށެވެ.