ENGLISH

04 މޭ 2026

Advertisement

އެމްއެންޔޫ ވަޒީފާގެ ބާޒާރުގައި ބައިވެރިވުމުގެ މުއްދަތު 14 މޭ އަށް އިތުރުކޮށްފި

04 މޭ 2026

|

އާމިނަތު ނުޒްލާ

މިދިޔައަހަރު އެމްއެންޔޫ ޖޮބް ފެސޓިވަލްގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ވަޒީފާގެ ބާޒާރުގައި ބައިވެރިވުމުގެ މުއްދަތު އެ ޔުނިވަރސިޓީން މިއަދު އިތުރުކޮށްފި އެވެ.

އެމްއެންޔޫ އިން ބުނީ، ވަޒީފާގެ ބާޒާރުގައި ބައިވެރިވުމަށް 14 މޭ ވާ ބުރާސްފަތި ދުވަހުގެރޭ 23:00 ގެ ކުރިން ފޯމް ހުށައަޅަން ޖެހޭނެކަމަށެވެ.

ވަޒީފާގެ ބާޒާރު (ޖޮބް ފެސްޓިވަލް) ބާއްވާނީ އަންނަ ޖޫން މަހުގެ 3 އިން 5 އަށެވެ. ވަޒީފާގެ ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ދެ ދުވަހުގެ ހަވީރު،  16:00 އިން 10:00 އަށް ކަމަށް އެމްއެންޔޫ އިން ބުނެފައިވެ އެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް އެމްއެންޔޫގެ އަތޮޅު ކެމްޕަސްތަކުގައި ވެސް މި ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ދިވެހިރާއްޖޭގެ އެކިކަންކޮޅު ތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ މަގު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމަކީ މި ޖޮބް ފެސްޓިވަލްގެ މައިގަޑު މަގްޞަދެވެ. މީގެ އިތުރުން އާންމުންނާއި ހިސާބަށް ފޯރުކޮށް ނުދެވިހުރި އެކި ކަހަލަ ފުރުޞަތުތަކުގެ ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމަކީވެސް މި ފެސްޓިވަލުގެ ބޭނުމެކެވެ.

މި ފެސްޓިވަލްއިން ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި، މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރި ކުރުވުމާއި އެ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދުމަށް ބާރުއެޅުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދޭނެ ކަމަށް އެމްއެންޔޫއިން ގަބޫލު ކުރެ އެވެ.

މިދިޔަ އަހަރު ބޭއްވި އެމްއެންޔޫ ވަޒީފާގެ ބާޒާރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 49 ފަރާތަކުން ބައިވެރި ވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު