ENGLISH
04 މޭ 2026
މި އަހަރުގެ ޙައްޖުގެ ކަންކަން ބަލަހައްޓާ ރާއްޖޭގެ ޙައްޖު މިޝަންގެ މެމްބަރުން ފުރާވަޑައިގެންފި
03 މޭ 2026
|
ރާއްޖޭގެ ޙައްޖު މިޝަންގެ މެމްބަރުން ފުރާވަޑައިގަތުން. --ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމުގައި ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ ޙައްޖު މިޝަންގެ މެންބަރުން މިއަދު ފުރާވަޑައިގެންފިއެވެ.
ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ މިނިސްޓްރީ އަދި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެއެވެ.
ޙައްޖު މޫސުމުގައި ވުޒާރާއިން މައްކާގައި ޤާއިމުކުރާ ދިވެހި ޙައްކުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިކަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސްއެވެ.
ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ.
އޭގެތެރޭގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން އަދި ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް މިޝަންގައި ހިމެނެއެވެ.
ދިވެހި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ. ޙައްޖުވެރިންނާއި ގުޅޭ ހުރިހާ އިންތިޒާމުތަކެއް މިހާރު ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.