ENGLISH
04 ޖޫން 2025
ތަންޑާ ބަލިކޮށް މިލްވައުކީ އިން އެންބީއޭ ކަޕް ކާމިޔާބުކޮށްފި
18 ޑިސެމްބަރު 2024
|
މިލްވައުކީގެ ކުޅުންތެރިން އެންބީއޭ ކަޕްގެ ޓްރޮފީ އާއެކު. --ފޮޓޯ: އޭޕީ
އޮކްލާހޯމާ ސިޓީ ތަންޑާ އަތުން 97-81 އިން ހޯދީ މޮޅާއެކު މިލްވައުކީ ބަކްސް އިން އެންބީއޭ ކަޕް ކާމިޔާބުކޮށްފައެވެ.
މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ވަނީ 2021 ވަނަ އަހަރުގެ އެންބީއޭގެ ޗެމްޕިއަންކަން ހޯދައިފައެވެ.
އެމެރިކާގެ ލަސް ވެގާސްގައި ހުންނަ ޓީ-މޮބައިލް އެރީނާގައި ކުޅުނު މި މެޗުގެ ފެށިގެން ފުރަތަމަ ކުއާޓާގައި ތަންޑާ އިން 28-27 އާއެކު ނެގި ލީޑު ފިޔަވައި، ދެން ޖެހިގެން އައި އެއްވެސް ކުއާޓާއެއްގައި އެ ޓީމަށް ކުރި ހޯދިފައެއް ނުވެއެވެ.
ދެވަނަ ކުއާޓާގައި މިލްވައުކީ އިން ދެ ޕޮއިންޓްގެ ލީޑަކާއެކު، 24-22 އިން ނިންމާލިއިރު، ދެން ޖެހިގެންއައި ތިންވަނަ ކުއާޓާގައި މިލްވައުކީ އިން ވަނީ 26-14 އިން ކުރިހޯދާފައެވެ.
އެއަށްފަހު، ދެން ކުޅެވުނު މެޗުގެ ފަހު ކުއާޓާގައި 20-17 އިން ކުރިހޯދައި، މިލްވައުކީ އިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގައި މިލްވައުކީ އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ޔާނިސް އެންޓެޓޮކޫންމްޕޯ ވަނީ ޓްރިޕަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. އެންޓެޓޮކޫންމްޕޯ ވަނީ 26 ޕޮއިންޓާއެކު، 19 ރީބައުންޑްނަގައި، 10 އެސިސްޓް ހަދާފައެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެމްވީޕީ އެވޯޑް ވެސް ހޯދީ އޭނާ އެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު ޑެމިއަން ލިލާޑް 23 ޕޮއިންޓް އެއްކުރިއެވެ.
ތަންޑާ އިން އެންމެ ރަނގަޅަށް ކުޅުނީ ޝާއި ގިލްޖިއަސް-އަލެކްސެންޑާ އެވެ. އޭނާ ވަނީ 21 ޕޮއިންޓް އެއްކޮށްފައެވެ.