ENGLISH
03 މޭ 2026
މި އަހަަރުގެ ހައްޖުވެރިންގެ އިސް ޝެއިޚަކަށް ޑރ. އިލްޔާސް
03 މޭ 2026
|
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ފަރާތުން ބޭއްވި ޙާއްޞަ ދަރުހެއްގެ ތެރެއިން ޑރ. އިލްޔާސް
އެންމެ މަޤްބޫލު
މި އަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިންގެ އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ހުސެއިން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
ވުޒާރާއިން ބުނީ ހައްޖުވެރިންގެ އިސް ޝެއިޚަކަށް ޑރ، އިލްޔާސް ވަޑައިގަންނަވާއިރު ހައްޖު މޫސުމަށް ވުޒާރާގެ ފަރާތުން މައްކާާގައި ގާއިމުކުރާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް ވަޑައިގަންނަވާނީ ޒަކާތު ހައުސް ގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ކަމަށެވެ.
މި އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވަމުން އަންނައިރު މިއަހަރު ވެސް ރާއްޖޭގެ ޙައްޖުވެރިން ފުރާނީ މައްކާރޫޓް އިނިޝިއޭޓިވްގެ އިންތިޒާމްތަކުގެ ތެރެއިންނެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ، ހައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަކުރުމަށް ސައުދީއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ.
މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލުންނެވެ. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލު ކުރާނެއެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖުވެރިންނަށް މި ހިދުމަތް ލިބެން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެންނެވެ.