ENGLISH
03 މޭ 2026
އެމްޑީޕީގެ ޗެއަަރޕާސަންގެ މަޤާމަށް ކުރިމަތިލެއްވީ ތިން ކެންޑިޑޭޓުން
03 މޭ 2026
|
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި މީކާއީލު އަޙްމަދު ނަސީމް-- ފޮޓޯ: އެޓޯލް ޓައިމްސް
އެންމެ މަޤްބޫލު
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ފަހު އެ ޕާޓީން އިއުލާންކޮށްފި އެވެ.
އެޕާޓީން ކުރި އިއުލާނުގައި ބުނެފައިވަނީ، ޖޫން 12، 2026 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ފޯމު އިންތިޚާބީ ކޮމެޓީން ބެލުމަށްފަހު ، ޝަރުތުހަމަވާ ފަރާތްތަކުގެ ނަން ތަރުތީބު ކުރެވިފައިވާ ކަމަށެވެ.
ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުން:
މީގެ އިތުރުން، މި އިންތިޚާބުގެ ކޮމްލެއިންސް ކޮމެޓީ ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެ ކޮމެޓީގައި ހިމެނެނީ ތިން ބޭފުޅުންނެވެ. އެއީ އަލްއުސްތާޛު މުޙައްމަދު ނިޝާން އިބްރާހީމް އިވްނިންއިން/ ށ.ފޯކައިދޫ، ޑރ. އައިޝަތު ޢަލީ މ. ހިޔާވަހިގެ/ މާލެ އަދި އަލްފާޟިލް ޝާޠިރު ޢަބްދުއްރަހްމާން ބޯގަންވިލާ/ ދ.ކުޑަހުވަދޫ އެވެ.
އިންތިހާބާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ވަނީ ހުޅުވާލެވިފަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު މުއްދަތެކެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިޚާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގްރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.
މި އިންތިޚާބުގެ ކެމްޕޭން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދު އާއި މީކާއިލްގެ ފަރާތުން ފެނިގެންދަނީ ވަރަށް ވާދަވެރި ކެމްޕޭނެކެވެ. ހަމަ މިއާއެކު ކެމްޕޭން ޖަލްސާގައި އެޕާޓީގެ ލީޑަރޝިޕްގެ ބައެއް މެމްބަރުން ބަހުގެ ހަމަލާތައް އެކަކު އަނެކަކަށް ދެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.