ENGLISH

03 މޭ 2026

Advertisement

ބިދޭސީންތަކެއް ބަލައި ފާސްކޮށް 03 މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 މޭ 2026

|

ހަނާން އަހުމަދު ނައީމް

ބިދޭސީން ބަލައި ފާސްކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދު ބަލައިފާސްކޮށް 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު 38 ބީދޭސީން ބަލައި ފާސްކޮށް، 03 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.

މި މައްސަލަތަކާއި ގުޅިގެން ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު