ENGLISH

03 މޭ 2026

Advertisement

މި ދައުރުގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އުންމީދީ ކުރިއެރުންތަކެއް ދަނީ ލިބެމުން: ކުރީގެ މެންބަރު ސިނާން

03 މޭ 2026

|

އައިމިނަތު ޝަފާ

ކުރީގެ މެމްބަރު ސިނާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ޒައާމަތުގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަން ކަމަށް އުންމީދީ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު  މުޙައްމަދު ސިނާން ވިދާޅުވެއްޖެ އެވެ. 

ސިނާން މިފަދައިން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްްޒު ޝާއިއުކުރެއްވި ޚިތާބާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

މިއަދާއި މާދަމާ ވެސް ދިވެހި ސަރުކާރު ދެމިއޮންނާނީ މިނިވަން މުސްތަގިއްލު މީޑިޔާއަށް އެހީތެރިވެ މަދަދުވެރިވުމުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ މިނިވަން މީޑިޔާއިން ޑިމޮކްރެޓިކް ވެރިކަން ހިންގުމުގައި އަދާކުރަނީ މުހިއްމު ދައުރެއް ކަމަށެެވެ. އަދި ދެމެހެއްޓެނެވި ތަރއްގީއާއި ގައުމާއި ގައުމުން ބޭރުގައި ސުލްހަައާއި ހަމަޖެހުން ކުރިއެރުވުމުގައި ވެސް މީޑިޔާގެ ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ނޫސްްވެރިން ބާރުވެރިކުރުވާ މާހައުލު ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން މީޑިޔާއަށް އިންވެސްޓުކޮށް، މައުލޫމާތަށް ވާސިލުވެވޭނެ މަގުތައް އިތުރަށް ތަނަވަސްކުރުމާއެކު، ހުޅުވާލެވިފައިވާ އާއްމު މަޝްވަރާއަށް ހިތްވަރުދެމުންދާ ކަމަށެވެ. 

ރައީސްގެ ޕޯސްޓު ހިއްސާކުރައްވައި ސިނާން ވިދާޅުވީ ވަރުގަދަ ދިމިގްރާތީ ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އިސްކަންދޭ، ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުން ކަމަށެވެ. ނޫސްވެރިން ބާރުވެރިކުރުވުމާއެކު، ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއެޅުމަކީ، މުޖުތަމައުގެ އިތުބާރު ބިނާކުރުމަށާއި، ޒިންމާދާރުކުރުވުމުގެ ސަގާފަތެއް އަށަގަންނުވައި، މަޢުލޫމާތުން މުއްސަނދި މުޖުތަމައެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ސިނާން ވިދާޅުވި އެވެ. 

މި ސަރުކާރުގެ ދައުރުގައި ދިވެހި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އުންމީދީ އަދި އެދެވޭ ކުރިއެރުންތަކެއް ލިބެމުން އަންނަކަން ސިނާން ފާހަގަކުރެއްވި އެވެ. 

ސިނާން ވަނީ ސަރުކާރުގެ ހާމަކަން ބޮޑުކުރުމަށާއި، މީޑިއާގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށާ، އަދި ދެފުށް ފެންނަ ދިމިގްރާތީ މާހައުލެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތާއި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރާއި ސާބަސް ރައްދުކުރައްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު