ENGLISH

03 މޭ 2026

Advertisement

ހޮނިހިރު ދުވަހު ދާރުލްްއާސާރު ހުޅުވުމާއެކު ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރަނީ

03 މޭ 2026

|

ޝިފްޒާން އަޙްމަދު

ގައުމީ ދާރުލްއާސާރު

ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދާތީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހޮނިހިރުދުވަހު ދާރުލްއާސާރު ހުޅުވަން ފެށުމާއެކު ކުރިއަށް އޮތް ތަނުގައި ރަސްމީ ދުވަސްދުވަހު ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް  ސަގާފަތާއި ފަންނާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތަކުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށް އެތަނަަށް ޒިޔާރަތްކުރުމަށް އޮންނަ ފުރުސަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ. 

"އެހެންކަމުން މިހާރު އަޅުގަނޑުމެން މަޝްވަރާކޮށް ނިންމާފައިމިވަނީ މިހާރު ރަސްމީ ދުވަސްތަކުގައި ހުޅުވާފައި ހުންނަ ހުރުމުގެ އިތުރުން އެކި ފަރާތްތަކުން އެ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ގައުމީ ދާރުލްއާސާރަށް ވަދެ އެތަންތަނުގައި ހުރި ބައެއް ކަހަލަ ކަންކަން ބަލައި ދިރާސާކޮށް ކިޔަވާ ކުދިންނާއި ރައްޔިތުންނަށް ވަދެވޭ ގޮތަށް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން ހަަވީރު 4:00 އަކަށް ހުޅުވަން،" ހީނާ ވިދާޅުވިއެވެ.‌

ވަޒީރު ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހު ދާރުލްއާސާރު ހުޅުވަން ފަށާނީ ހިނގަމުންދާ މޭ މަަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. 

އިތުރަށް ހީނާ ވިދާޅުވީ ހޮނިހިރުދުވަހު ދާރުލްއާސާރު ހުޅުވަން ފެށުމުގެ އިތުރަށް ރަސްމީ ދުވަސްތަކުގައި ހުޅުވާފައި ހުންނަ ވަގުތު ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ނުވަތަ 10:00 އަށް އިތުރުކުރުމަށް ވިސްނަވަމުންދާ ކަމަށެވެ. އެކަަމަށްޓަކައި އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ހީނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު