ENGLISH
03 މޭ 2026
މާލޭގެ އިންތިހާބީ ކައުންސިލަރުން ހުވާކުރާނީ ސޯޝަލް ސެންޓަރުގައި
03 މޭ 2026
|
މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި ކުރީގެ މެމްބަރުން ހުވައި ކުރެއްވުމުގެ ތެރެއިން
އެންމެ މަޤްބޫލު
މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުމުގެ ދަރުބާރު ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމައިފި އެވެ.
"އެމްއެމްޓީވީ"އަށް މައުލޫމާތު ދެމުން ސިޓީ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ އިންތިހާބީ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމީ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
އިންތިޚާބީ އާ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މެއި 17 ވަނަ ދުވަހު އެވެ. މި ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އޮންނާނީ އެއް ވަގުތެއްގަ އެވެ.
މި ދަރުބާރަށް ދައުލަތުގެ އިސް ވެރިންނާއި، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ދައުވަތުދޭން ވަނީ ނިންމާފަ އެވެ.
އަލަށް އިންތިޚާބުވި މޭޔަރުންނާއި، ކައުންސިލަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހުވާކުރުމުގެ ގައިޑްލައިންގައި ވާގޮތުން ހުވާކުރުމުގެ ދަރުބާރު ކުރިއަށްގެންދިއުމަށް، ރަށުގައި ފަނޑިޔާރަކު ނެތްނަމަ، ފަނޑިޔާރަކު ހަމަޖެއްސުމުގެ ކަންކަން އެރަށެއްްގެ ސެކްރެޓަރީ ޖެނެރަލް ހަމަޖައްސަން ޖެހޭނެ އެވެ. އަދި، އޮންލައިންކޮށް ހުވާލައިދޭންޖެހޭ ޙާލަތެއްގައި އެކަމަށް ބޭނުންވާ މަޢުލޫމާތު ރަސްމިއްޔާތުގެ އެއްދުވަސް ކުރިން ފަނޑިޔާރަށް ލިޔުމުން އަންގަން ގައިޑްލައިންގައި ވަނީ ހިމަނައިފަ އެވެ.
ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ނިމޭތާ ތިން ގަޑިއިރު ތެރޭ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މަޢުލޫމާތު ޕޯޓަލްގައި އަދާހަމަކުރަން ގައިޑްލައިންގައި ވަނީ ހިމަނައިފަ އެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަރުން ހުވާކުރީ 26 ފެބްރުވަރީ 2022 ގަ އެވެ.