ENGLISH
03 މޭ 2026
ޒިންމާދާރު ނޫސްވެރިކަމަށް ބާރުދޭ މާހައުލެއް ގާއިމުކުރަންޖެހޭ: ފަސްޓް ލޭޑީ
03 މޭ 2026
|
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު
އެންމެ މަޤްބޫލު
އެ ފަންނުގެ އަސާސީ މަބްދައުތަކުގައި ހިފަހައްޓާ ޒިންމާދާރު ނޫސްވެރިކަމަަށް ބާރުދޭ މާހައުލެއް ގާއިމުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކޮރަޕްޝަން ހުއްޓުވުމުގައި ނޫސްވެރިކަަމުގެ ދައުރުގެ މުހިއްމުކަން ހަނދާންކުރަންޖެހޭ ކަމަށެވެ.
ސާޖިދާ އިތުރަށް ފާހަގަކުރެއްވީ ދިރުންހުރި ކުރިއަރަމުންދާ ޑިމޮކްރަސީއެއްގެ އަސާސްތައް ނެގެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ ދައުރު ބޮޑުކަމެވެ.
އަދި މިއަދަކީ ރާއްޖެގެ ނޫސްތަކާއި މިނިވަން ނޫސްވެރިންގެ ފަންނީ އަހުލާގީ މިންގަނޑުތަކާމެދު ފުންކޮށް ވިސްނަައިލަންޖެހޭ ދުވަހެއްގެ ގޮތުގައި ސިފަކުރައްވަމުން ސާޖިދާ ވިދާޅުވީ މިހާރަށްވުރެ ޒިންމާދާރު ފަންނުގެ އަސާސީ މަބްދައުތަކުގައި ހިފައްޓާ ނޫސްްވެރިކަމަށް ފަހި މާހައުލެއް ގާއިމުކުރަންޖެހޭ ކަމަށެވެ.
ސާޖިދާ ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ އަސާސީ މަބްދައުތަކުގެ ތެރޭގައި ހަގީގަތް ހޯދުމާއި، ފަތުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، އަދުލުވެރިކަމާއި ވަކި އަތަކަށް ބުރަނުވުން ފަދަ ކަންކަން ހިމެނެއެވެ.
އަދި މުޖުތަމައުތަކަށް ބޭނުންވާ ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ނޫސްވެރިން ކުރާ މަސައްކަތް ފާހަގަކުރައްވައި ފަސްޓް ލޭޑީވަނީ ނޫސްވެރިންނަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.