ENGLISH

03 މޭ 2026

Advertisement

ފ. މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތަނބުތަކުގެ މަސައްކަތް ކުރަނީ

03 މޭ 2026

|

އާމިނަތު ނުޒްލާ

ފ.މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްޓީސީސީ

ފ. މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރަތް ކުރުމުގެ މަސައްކަތުގެ ތެރެއިން ތަނބުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ތަނބުތަކުގެ މަސައްކަތް ނިމުމާގާތްވެފައިވާ ކަމަށާއި، މިހާރު ބީމްއެޅުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މަގޫދޫގައި އަޅާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް މިދިޔައަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި، ފުރާޅާއި، ދަވާދުލުމުގެ މަސައްކަތްތާއި ބޭރު ފަރުމާކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެެވެ.

މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮަތަށް 5.34 މިލިއަން ރުފިޔާއަށެވެ.

ފ.މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނީ މަގޫދޫގައި ގާއިމުކުރެވޭ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް އިޖްތިމާއީ ގޮތުންނާއި ސިއްހީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު