ENGLISH

03 މޭ 2026

Advertisement

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އުތުރުގެ ހަ އަތޮޅަކަށް ހުދު ސަމާލު ނެރެފި

03 މޭ 2026

|

އާމިނަތު ނުޒްލާ

މީގެކުރިން ހއ. ހޯރަފުއްޓަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި އެރަށުގައި ފެންބޮޑުވެފައި. އުތުރަށް މިއަދު ވަނީ ހުދު ސަމާލު ނެރެފަ. ފޮޓޯ: މީސްމީޑިއާ

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހެނދުނު އާއްމުކުރި މަޢުލޫމާތުގައި ބުނީ މިއަދު ހެނދުނު 9:15 އިން ފެށިގެން ހަވީރު 15:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.

މެޓް އިން ބުނީ، މިއަދު 9:15 އިން ފެށިގެން މި އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. މީގެ އިތުރުން ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.

މޫސުން ރަނގަޅު ދުވަސްތަކަކަށް ފަހު ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯހެވެ. ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރު، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް، މޫސުމާ ގުޅުންހުރި އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު