ENGLISH

03 މޭ 2026

Advertisement

މުވައްޒަފުންނާއި ދަރިވަރުން އިތުރުކުރުމަށް ޝައިޚުލް އަޒްހަރާ ގުޅިގެން އައިޔޫއެމްއިން މަސައްކަތް ކުރަނީ

03 މޭ 2026

|

އައިމިނަތު ޝަފާ

މުވައްޒަފުންނާއި ދަރިވަރުން އިތުރުކުރުމަށް ޝައިޚުލް އަޒްހަރާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކުރިމަގަށް، މުވައްޒަފުންނާއި ދަރިވަރުން އިތުރުކުރުމަށް މިސްރުގެ ޝައިޚުލް އަޒްހަރާ ގުޅިގެން އައިޔޫއެމްއިން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާ ކުރެއްވީ މިސްރުގެ ޤާހިރާގައި ހުންނަ ޝައިޚުލް އަޒްހަރުގެ ރަސްމީ އޮފީހުގައި ބޭއްވުނު ބައްދަލުކުރެއްވުމުގައި ޝެއިޙުލް އަޒުހަރު އަދި އިމާމުލް އަކްބަރު ފަޟީލާތުއްޝައިޚް ޑރ. އަޙްމަދު މުޙައްމަދު އަޙްމަދު މުޙައްމަދު އަލް ތައްޔިބާ، އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ކުރެއްވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުވުމުގައި އައިޔޫއެމްގެ ޢިލްމީ ކުރިއެރުމަށްޓަކައި ދަރިވަރުންނާއި މުވައްޒަފުން ޢިތުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް އައިޔޫއެމްއިން ހާމަކުރެ އެވެ.

މި ވަގުތު ވެސް، އަޒްހަރު ޔުނިވަރސިޓީން ފޮނުއްވާފައިވާ ޤުރްއާނުގެ ދާއިރާއިށް ޚާއްޞަ ދެ ޕޮރޮފެސަރުން އައިޔޫއެމްގައި ޚިދުމަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝައިޙުލް އަޒްހަރަށާއި އެ ޔުނިވަރސިޓގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައި ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުވަނީ ގުރުއާނާއި އިސްލާމިކް ސްޓަޑީޒްގެ ދާއިރާތަކުން އަދި އިލްމީ ފެންވަރު މަތިކުރުމުގެ އެކިއެކި ފުރުސަތުތައް އަޒްހަރު ޔުނިވަރސިޓީން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

މި ބައްދަލުވުމުގައި މިސްރުގެ ޝައިޙުލް އަޒްހަރު އަދި އިމާމުލް އަކްބަރު ފަޟީލާތުއްޝައިޙް ޑޮކްޓަރ އަޙްމަދު މުޙައްމަދު އަލް ތައްޔިބް ވަނީ އައިޔޫއެމްއިން އެދޭ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޝައިޚުލް އަޒުހަރަކީ މިހާރު 1000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ދީނީ އަދި އެކެޑަމިކް ކަންކަން ނިންމާ އެންމެ އިސް ފަރާތެވެ. ވައިސް ޗާންސެލަރ ގެ އިތުރުން މި ބައްދަލުވުމުގައި އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާދް އަޙްމަދު އަމީން މުޙައްމަދާއި އެ ޔުނިވަރސިޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު