ENGLISH
03 މޭ 2026
އިންތިޚާބީ މެންބަރުން ހުވާކުރުމުގެ ގައިޑްލައިން އެލްޖީއޭއިން އާއްމުކޮށްފި
03 މޭ 2026
|
އެންމެ މަޤްބޫލު
އަލަށް އިންތިޚާބުވި މޭޔަރުންނާއި، ކައުންސިލަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހުވާކުރުމުގެ ގައިޑްލައިން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާއްމުކޮށްފި އެވެ.
ލޯކަލް ގަވަމަންޓް އޮޓޯރިޓީ (އެލްޖީއޭ) އިން، އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނެ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.
އިންތިޚާބީ އާ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މެއި 17 ވަނަ ދުވަހު އެވެ. މި ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އޮންނާނީ އެއް ވަގުތެއްގަ އެވެ.
އެލްޖީއޭއިން ވަނީ ފަސް ވަނަ ދައުރުގެ ކައުސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމާއި، ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު ކުރިއަށްގެންދާނެ ގޮތާއި، ލޯކަލް ކައުންސިލްތަކުގެ ފަސް ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުގައި ކައުންސިލްގެ ނައިބުރައީސް/ޑެޕިއުޓީ މޭތަރު އިންތިޚާބުކުރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބުރައީސް އިންތިޚާބުކުރުން ކުރިއަށް ގެންދާނެ ގޮތުގެ ގައިޑްލައިން ނެރެފައެވެ.
އާއްމުކޮށްފައިވާ ގައިޑްލައިންތަކުގައި ބަޔާންކޮށްފައިވާ މުހިއްމު ކަންކަމުގެ ތެރޭގައި، ހުވާކުރުމުގެ ދަރުބާރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުމުގެ ގޮތުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް އިއުލާނުކުރުމަށް ވަނީ އެދިފައެވެ. އަދި، ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު ދޭންޖެހޭނެކަން ވަނީ ހިމަނައިފައެވެ.
ހުވާކުރުމުގެ ދަރުބާރު ކުރިއަށްގެންދިއުމަށް، ރަށުގައި ފަނޑިޔާރަކު ނެތްނަމަ، ފަނޑިޔާރަކު ހަމަޖެއްސުމުގެ ކަންކަން އެރަށެއްްގެ ސެކްރެޓަރީ ޖެނެރަލް ހަމަޖައްސަން ޖެހޭނެ އެވެ. އަދި، އޮންލައިންކޮށް ހުވާލައިދޭންޖެހޭ ޙާލަތެއްގައި އެކަމަށް ބޭނުންވާ މަޢުލޫމާތު ރަސްމިއްޔާތުގެ އެއްދުވަސް ކުރިން ފަނޑިޔާރަށް ލިޔުމުން އަންގަން ގައިޑްލައިންގައި ވަނީ ހިމަނައިފައެވެ.
ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު މަގޭ ކައުންސިލް ޕޯޓަލް މެދުވެރިކޮށް ރަސްމިއްޔާތުގެ ފޮޓޯތަކާއި ބޭނުންވާ މަޢުލޫމާތު ލަސްނުކޮށް އަޕްލޯޑް ކުރުމާއި، ފޮޓޯ އާއި ވީޑިއޯ މީޑީއާތަކާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ނިމޭތާ ތިން ގަޑިއިރު ތެރޭ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މަޢުލޫމާތު ޕޯޓަލްގައި އަދާހަމަކުރަން ގައިޑްލައިންގައި ވަނީ ހިމަނައިފައެވެ.
އިންތިޚާބީ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތަށް ސިޓީތަކާއި ރަށްތަކުން ވަނީ ތައްޔާރުވާން ފަށައިފައެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަރުން ހުވާކުރީ 26 ފެބްރުވަރީ 2022 ގަ އެވެ.