ENGLISH
10 އޭޕްރީލު 2025
ފަސޭހަކަމާއެކު ކަލިއާރީ ބަލިކޮށް ޔުވެންޓަސް ކުއާޓާ އަށް
18 ޑިސެމްބަރު 2024
|
ކަލިއާރީ ކޮޅަށް ލަނޑުޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ކަޕްގެ ދެވަނަ ބުރުގައި ކަލިއާރީ 4-0 އިން ބަލިކޮށް، ޔުވެންޓަސް އިން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔުވެންޓަސް އަކީ 15 ފަހަރު އިޓާލިއަން ކަޕްގެ ތަށި އުފުލާލައިގެން އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.
އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސްގެ ލަނޑުތައް ޖަހައިދިނީ ޑޫސާން ވްލާހޮވިޗް، ޓެއުން ކޫޕްމެއިނާސް އާއި ފްރާންސިސްކޯ ކޮންސެސާއޯ އަދި ނިކޮލަސް ގޮންޒާލެޒް އެވެ.
މި މުބާރާތުގައި ޔުވެންޓަސް އަށް ދެން އޮތީ ކުއާޓާގައި އެމްޕޯލީއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ.
އިޓާލިއަން ކަޕްގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، އެޓަލާންޓާގެ ދަނޑުގައި އެ ޓީމުން ނުކުންނާނީ ސެސޭނާއާ ދެކޮޅަށެވެ. އަނެއް މެޗުގައި އަމިއްލަ ދަނޑުގައި އޭއެސް ރޯމާ ބައްދަލުކުރާނީ ސަމްޕްޑޯރިއާ އާ އެވެ.